ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޭމަންޓް ގައުތަކުގެ ވެރިފަރާތެއް ހޯދުމާބެހޭ

މިރަށު ކިނބިގަސްމަގުގައި، މަގުބޭނުންކުރާފަރާތްތަކަށް ދަތިވާގޮތަށް ބެހެއްޓިފައިވާ ޕޭމަންޓްގައުތަކުގެ ވެރިފަރާތެއްވާނަމަ 05 ދަވަހުގެތެރޭގައި އެކަން ލިޔުމަކުން މިއިދާރާއަށް އެއްގެވުން އެދެމެވެ. އަދި މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި ގައުތައްނަގައި، އެސަރަހައްދު ސާފްކުރެއްވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މަތީގައިދެންނެވިފައިވާ މުއްދަތުގެތެރޭގައި އެތަކެތީގެ ވެރިފަރާތަކީ ކޮބައިކަން ބަޔާންކޮށް މިއިދާރާއަށް ލިޔުމުން ހުށަހަޅާފައި ނުވާނަމަ އެތަކެތިނަގާ ތަންސާފްކުރާނެވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ޖަނަވަރީ 2019
ހޯދާ