ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު: 04/(IUL)95-A/1/2019 |
|||
ތާރީޚް: 23 ޖަނަވަރީ 2019 |
||||
މަޤާމް: |
ކޯޓް އޮފިސަރ |
ރޭންކް: GS3 |
||
ކޯޓް / ސެކްޝަން |
ހައިކޯޓު |
ބޭނުންވާ ޢަދަދު: 01 |
||
މުސާރައާއި ޢިނާޔަތްތައް |
||||
އަސާސީ މުސާރަ |
4465/- ރުފިޔާ |
ސަރވިސް އެލަވަންސް |
1500/- ރުފިޔާ |
|
ލިވިންގ އެލަވަންސް |
2,850/- ރުފިޔާ |
ޖުޑީޝަލް އެލަވަންސް )މުސާރައިގެ %45 ) |
އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ. |
|
މަޤާމުގެ ޝަރުތު: |
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މިމާއްދާއިން ދަށްވެގެން " ސީ " ލިބިފައިވުން، ނުވަތަ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒިފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS-2 ރޭންކްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. |
|||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
ހ. ޝަރީއަތް ހިނގަމުން ދާއިރު ފާހަގަކުރެވޭ މުހިއްމު ތާރީހާއި ވަގުތުތައް އަދި ނަންތައް ނޯޓުކުރުން ށ. ބެންޗުގައި ތިއްބަވާ ފަނޑިޔާރުން އެދިލައްވާހިނދު ހަސްމުންގެ ފަރާތުން ހުށަހަޅާ ލިއެކިއުންތައް ބެންޗަށް ފޯރުކޮށް ދިނުން. ނ. ޝަރީއަތަށް ހާޟިރުވާންޖެހޭ މީހުން ތިބިތޯ ބެލުމާއި ޝަރީއަތުގެ މަޖިލީހަށް ހާޟިރުވާ މީހުންގެ ރިކޯޑް ބެލެހެއްޓުން. ރ. ވަގުތުން ހަވާލުކުރަންޖެހޭ ކޯޓު އަމުރުތައް އެއަމުރުތައް ރައްދުވާ ފަރާތްތަކަށް ހަވާލުކުރުން. ބ. ޝަރީއަތަށް ހާޒިރުކުރެވޭ ބޭރުގައުމުތަކުގެ މީހުންގެ ބަޔާންތަކާއި ހެކިބަސް ނެގުމުގައި ތަރުޖަމާނެއްގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި ފޯރުކޮށްދިނުން.
|
|||
ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި |
1.ވަޒީފާއަށް އެދި ހުށަހަޅާފޯމް. 2.ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާ އެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.) 3.ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރަމުންދާނަމަ އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެގޭނެ އެއޮފީހަކުން ދޫކޮއްފައިވާ ލިޔުން. 4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 6.ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން) 7.ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރަމުންދާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތު، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް). މިފަދަ ލިޔުމެއްގެ ގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައި ޕޮއިންޓެއް ނުދެވޭނެއެވެ. 8. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޟިރީ ރިޕޯޓް އަދި މުވައްޒަފުގެ އުޅުމާއި އަޚުލާގު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން (މިހާރު ހައިކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފެއްނަމަ މިލިޔުންހުށަހަޅާކަށް ނުޖެހޭނެއެވެ). 9.ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހަކު މިވަޒީފާއަށް ހޮވިއްޖެނަމަ ވަޒީފާއިން ވަކިކޮށްދޭނެކަމަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (މި ލިޔުން ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަންތަކަށް ޢަމަލު ނުކުރެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދަންނަވަމެވެ.)
|
|||
އިތުރު އިރުޝާދު |
|
|||
ޕޮއިންޓް ދެވޭ ގޮތް |
- ލިބިފައިވާ ތަޢުލީމާއި ތަމްރީން %30 - ލިބިފައިވާ ތަޖުރިބާ - މަސައްކަތަށް ބޭނުންވާ ހުނަރު - ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު %50 |
|||
ސުންގަޑި |
29 ޖަނަވަރީ 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް ( ތީމުގެ، އާބުރުޒުހިނގުން ) ހުށަހަޅަންވާނެއެވެ. |
|||
އިތުރު މަޢުލޫމާތު |
ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.
|