މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނަދޫ ކޮމިއުނިޓީ ޕަވަރހައުސް އަށް ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާއިން ހިންގަމުން ގެންދާ ފުނަދޫ ކޮމިއުނިޓީ ޕަވާރ ހައުސްއަށް 04 މަސްދުވަހުގެ މުއްދަތަށް ޑީސަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ސިޓީއަކުން އެކަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 03 ފެބުރުއަރީ 2019  ވާ އާދިއްތަ ދުވަހު 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6540052 ފޯނާއި ގުޅުއްވުން އެދެމެވެ. ޝައުޤުވެރިކަން ފާޅުކުރުމަށް ލިޔުންހުށަނާޅާ ފަރާތްތަކާއި ގަޑިޖެހިގެން ހާޟިރުވާފަރާތުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ،އަގުހުށަހަޅާފަރާތުންބަދަލުގައި ފޮނުވިކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

23 ޖަނަވަރީ 2019
ހޯދާ