ސްކޫލް އޮފް ނަރސިންގ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓް ޓައިމް ލެކްޗަރަރސް ހޯދުމަށް

      

ނަންބަރު:01/2019/MED-153-SN

އިޢުލާން

 

        ސްކޫލް އޮފް ނަރސިންގ އިން މާލެ އާއި އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ހިންގާ  ޑިޕްލޮމާ އިން ނަރސިންގ ، ބެޗްލަރ އޮފް ނަރސިންގ އަދި މާސްޓަރސް އިން ނަރސިނގ ކޯސްތަކުގެ މާއްދާތަށް ޕާރޓް ޓައިމްކޮށް ކިޔަވައި ދިނުމާއި ، ކިޔަވައިދިނުމާ ގުޅުންހުރި މަސައްކަތްތަކަށް  ލެކްޗަރަރ އިން ހޯދުމަށް ވަނީ ބޭނުންވެފައެވެ. 

ވީމާ، ކިޔަވައި ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 13 ފެބްރުއަރީ 2019 (ބުދަ) ދުވަހުގެ 12:00 ކުރިން ސްކޫލް އޮފް ނަރސިންގ އަށް، ތަޢުލީމީ ސެޓްފިކެޓް ތަކާއެކު  ސިޓީ ފޮނުއްވުން އެދެމެވެ.

ޓީޗަރުގެފެންވަރު ނުވަތަ ޝަރުތު:  ގުޅޭ ދާއިރާއިން އެންމެ ދަށްވެގެން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ކިޔަވައި ދޭންޖެހޭ މުއްދަތު:      18 ޖުލައި 2019 ގެނިޔަލަށް 

ލެކްޗަރ ގަޑިތައް އަދި ޓިއުޓޯރިއަލްގެ އިތުރުން މަތީގައި ދެންނެވިފައިވާ މާއްދާތަކުގެ  އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ތައްޔާރުކޮށް މާރކްކުރުމާއި ޓައިމް ޓޭބަލާއި އެއްގޮތަށް ކްލާސްތައް ބޭއްވުން. ހުރިހާ ގަޑިތަކެއް ނަގާ ދޭންވާނީ މި ސްކޫލުން ހަދާފައިވާ ޓައިމްޓޭބަލާއި އެއްގޮތަށެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1. ކިޔަވައިދޭ މާއްދާގެ ރޮގުން ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ރަސްމީ  

   ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު)

2.  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ނޯޓް: (ފާއިތުވި އަހަރުގައި ސްކޫލް އޮފް ނަރސިނގް ގައި ޕާޓްޓައިމް ކޮށް ކިޔަވައިދެއްވާފައިވާނަމަ، އެކަންބަޔާން ކުރައްވާ ސެޓްފިކެޓް ތަކުގެ ކޮޕީ ހުށަނޭޅުއްވިޔަސް ފުދޭނެއެވެ.)

23 ޖަނަވަރީ 2019
ހޯދާ