ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މެނޭޖިންގ ޑިރެކްޓަރ/ޗީފް އެގްޒެކެޓިވް އޮފިސަރ

މަޤާމް :މެނޭޖިންގ ޑިރެކްޓަރ/ޗީފް އެގްޒެކެޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

 

ވަޒީފާގެ ފުރުޞަތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަށުން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނި 'ޔުނިވިޔަ ހޯލްޑިންގސް' އަށް، ޤާބިލް އަދި ހީވާގި މުވައްޒަފުން ހިމެނޭ ޓީމެއް ހޯދުމަށް ބޭނުންވެއެވެ.

 

މަޤާމް: މެނޭޖިންގ ޑިރެކްޓަރ/ޗީފް އެގްޒެކެޓިވް އޮފިސަރ

މަޤާމްގެ ބާވަތް: ދާއިމީ

މުސާރ އަދި އެލަވަންސް: 37,000 ރުފިޔާ

މަޤާމްގެ މަސްއޫލިއްޔަތުތައް:

  • އެކަށައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ކުންފުނީގެ ވިޔަފާރިއާއި އަދި އިދާރީ ހިންގުމުގެ އެންމެހާ މަސައްކަތްތަކެއް ކުރުން.
  • ކުންފުނީގެ ވިޝަން އާއި މިޝަން ހާސިލްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން.
  • ވިޔަފާރި ފުޅާކޮށް ތަރައްޤީކުރުމަށާއި ކުންފުނީގެ ފައިދާ އިތުރުކުރުމަށްޓަކައި އިންވެސްޓްމެންޓްތައް ހޯދާ ތަންފީޒުކުރުން.
  • ޤާނޫންތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ކުންފުނީގެ ހިންގުން ބައްޓަންކޮށް ދަމަހައްޓައި، ކުންފުނީގެ އެންމެހާ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރުން.
  • ކުންފުނީގެ އިދާރީ ހިންގުމުގެ ރިޕޯރޓްތަކާއި މާލީ ރިޕޯޓްތަކުގެ އަލީގައި ކުންފުނީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުން.
  • ސްޓޭކްހޯލްޑަރުންނާއި ވިޔަފާރިއާއި ގުޅުން ހުރި އެހެނިހެން ފަރާތްތަކާއި ރަގަޅު ގުޅުމެއް ޤާއިމުކުރުން.
  • ކުންފުނީގެ މަސައްކަތްތަކުގެ ދާއިރާއާއި މާރކެޓަށް އަންނަ ބަދަލުތަކުގެ ފުރިހަމަ މަޢުލޫމާތު ހޯދާ އަންނަމުންދާ ބަދަލުތަކަށް ފާރަވެރިވެ މަސައްކަތްކުރުން.
  • ޑިރެކްޓަރުންގެ ބޯޑުގައި ކުންފުނި ތަމްސީލުކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް ޖަވާބުދާރީވުން.
  • ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތުތަކަށް ރިޢާޔަތްކުރެވޭކަން ކަށަވަރުކުރުން.

މަޤާމުގެ ޝަރުތުތައް:

ތަޢުލީމު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ނުވަތަ ކަމާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން
  • ނުވަތަ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ނުވަތަ ކަމާއި ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު، 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަސައްކަތު ތަޖުރިބާ:

  • މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ
  • ކޯޕަރޭޓް ގަވަރނަންސްއާއި ދިވެހިރާއްޖޭގެ ވިޔަފާރިއާއި ގުޅޭ ޤާނޫންތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވުން
  • ސިޔާސަތުތައް ތަންފީޒުކުރުމުގެ ހަރުދަނާ އުސޫލުތަކާއި ގުޅޭ އަމަލީ ތަޖުރިބާ ލިބިފައިވުމާއި ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ ޕަބްލިކް އިދާރާތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް ބޭނުންވާ އިތުރު ހުނަރުތައް:

  • ސީއީއޯގެ މަޤާމު ނުވަތަ އެކްޒެކެޓިވް ލެވެލްގައި މަސައްކަތްކުރުމުގެ ތަޖުރިބާ
  • ނަޒާހާތްތެރިކަމާއި މަސައްކަތުގެ އަޚުލާޤު ހުރުން
  • މަސައްކަތަށް ފަރުވާތެރި ހީވާގި ދައުރެއް އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން
  • މުޢާމަލާތުކުރުމުގެ އެކަށީގެންވާ ހުނަރާއި، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ހުރުން
  • މަސައްކަތުގައި ދިމާވާދަތިތަކާއި ކުރިމަތިލުމާއި މައްސަލަތައް ހައްލުކުރުމުގެ ޤާބިލްކަން ހުރުން

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 ނޯޓު :

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އެޕްލިކޭޝަން ހުށަހަޅަންވީ ތާރީޚް:   

  • 04 ފެބުރުވަރީ 2019 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އީމެއިލް އަށް
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3345185 ނަމްބަރު ފޯނަށެވެ.

 

 

22 ޖަނަވަރީ 2019
ހޯދާ