ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މިއިދާރާއިން އޮފީސް އެސިސްޓަންޓްގެ މަޤާމަށް މުވައްޒަފަކު ބޭނުންވެގެން، 23 ޑިސެންބަރު 2018 ގައި ކުރެވުނު އިޢުލާނު ނަންބަރު :
IUL)22-EDF/22/2018/224) ބާޠިލްކޮަށް އަލުން މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ.
- މަޤާމް: އޮފީސް އެސިސްޓަންޓް
- ބޭނުންވާ އަދަދު: 01 (އެކެއް)
- މުސާރަ : -/4,500 ރުފިޔާ
- ސަރވިސް އެލަވަންސް: -/1,000 ރުފިޔާ
- ރިސްކް އެލަވަންސް: މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ
- އިތުރުގަޑީގެ ފައިސާ : ހަމަޖެހިފައިވާ އުޞޫލްގެ މަތިން
- އެހެނިހެން އިނާޔަތްތައް: ހަމަޖެހިފައިވާ އުޞޫލުގެ މަތިން
- ވަޒީފާއޮތް އޮފީސް: އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން
- ގިންތި: ކޮންޓްރެކްޓް ( 2 އަހަރު )
- ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ފަންޑުގެ އިދާރީ އޮފީސް ފޮޅާ ސާފުކުރުމާއި މެއިންޓެނަންސް މަސައްކަތްތައް ހަވާލުކޮށްފައިވާ ފަރާތްތަކުގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
- އެދުރުހިޔާ / އެދުރުވެހި އިމާރާތުގެ ފޮޅާ ސާފުކުރުމާއި ކުނިއުކާލުމުގެ މެއިންޓެނަންސް މަސައްކަތް ހިނގަމުންދާގޮތް ދުވަހުންދުވަހަށް ބަލައި ސްޕަވައިޒް ކޮށް ބެލެހެއްޓުން.
- ފަންޑުގެ އިދާރާއިން އެކިއެކި އޮފީސްތަކަށާއި ތަންތަނަށް ރައްދުކުރުމަށް ޙަވާލުކުރެވޭ ލިޔުންތައް ގެންދިއުމާއި ގެނައުން.
- ފަންޑުގެ އިދާރާއަށް ލިބޭ ފައިސާ ޖަމާކުރުމަށް އެމް.އެމް.އޭ އަށް ދިއުން.
- ހަމަޖެހިފައިވާ އުސޫލުގެމަތިން ފަންޑުގެ އޮފީސް ހުޅުވުމާއި ލެއްޕުން.
- މީގެ އިތުރުން ފަންޑުގެ އިދާރާއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
ޝަރުތު :
- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އަދި އެކަށީގެންވާ ޞިއްހަތެއްގައި ހުރި އުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން، ނުވަތަ
- ސާނަވީ އިމްތިހާނަކުން ފާސްވެފައިވާ ފަރާތަކަށްވުން.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
- ވެހިކަލް ދުއްވުމުގެ ލައިސަންސް ލިބިފައިވާ އަމިއްލަ ވެހިކަލް ގެންގުޅޭ ފަރާތްތަކަށް އިސްކަންދެވޭނެ.
އިންޓަރވިއު ކުރުން :
އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް :
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ތަޢުލީމީ ފަންޑުގެ އިދާރާގެ ކައުންޓަރުން (އެދުރުހިޔާ 9 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި ތަޢުލީމީ ފަންޑުގެ ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް www.moe.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ
- ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ :
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ކޮޕީއެއް ( އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ )
- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި :
- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ ، އެދުރުހިޔާ 9 ވަނަ ފަންގިފިލާ ގެ ކައުންޓަރަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖަނަވަރީ 2019ވަނަ ދުވަހުގެ 13:30
ނޯޓް: މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ނަންބަރު 3341232 ފޯނަށް ގުޅުއްވުން އެދެމެވެ.