މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ޕްލޭނިންގ އޮފިސަރ

އިޢުލާނު

   މިއިދާރާގެ ނަންބަރު  (IUL)227-HR/227/2019/2 ( 09 ޖެނުއަރީ 2019 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން          ކުރިމަތިލާފައި ނުވާތީ އެމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

 މަޤާމް:

 ޕްލޭނިންގ އޮފިސަރ

 މަޤާމުގެ ނަންބަރު:

 276081-J  

 ބޭނުންވާ އަދަދު:

 01 ( އެކެއް )

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކް:

 އެމް.އެސް 1

 މަޤާމުގެ ކްލެސިފިކޭޝަން:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ށ އަތޮޅު ކައުންސިލްގެ އިދާރާ / ށ ފުނަދޫ

 މުސާރަ: 

 މަހަކު 5610.00 ރުފިޔާ

 ސަރވިސް އެލަވަންސް:

 މަހަކު 2000.00 ރުފިޔާ

 ސަޕޯރޓިންގ ކޯ އެލަވަންސް 2:

 މަހަކު -/700 ރުފިޔާ

 އިތުރު ޢިނާޔަތްތައް:

 1.   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންބޭސްފަރުވާގެޚިދުމަތް.

 2.   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން.

 3.   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެފައިސާ.

 މަޤާމުގެ މައިގަނޑު          މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

 1.  ކައުންސިލުގެ އަހަރީ މަސައްކަތު ތާވަލާއި ، އަތޮޅުގެ ތަރައްޤީގެޕްލޭން އެކުލަވާލުމުގެ             މަސައްކަތް  ވެރިންގެ އިރުޝާދުގެ ދަށުން ކުރުމާއެކު ކަނޑައެޅިފައިވާ ތާރީޚަށް               ފޮނުވުމުގެއިދާރީ މަސައްކަތްކުރުން

 2.  ކާރިޘާތަކުން ރައްކާތެރިވުމަށް އަތޮޅު ލެވެލްގައި މަސައްކަތްކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމުގެ        އިދާރީ މަސައްކަތް ކުރުން

 3.  އަތޮޅުކައުންސިލްއިދާރާގެ ސްޓެޓެޖިކްޕްލޭން ކައުންސިލްގެމަޝްވަރާގެމަތިންއެކުލަވާލުމުގެއިދާރީ         މަސައްކަތްކުރުން

 4.  އަތޮޅު ކައުންސިލުގެ އިންޓަރނަލް އޮޑިޓާއި އެކްސްޓާރނަލް އޮޑިޓް ހެދުމަށްޓަކައި އިދާރީ ގޮތުން      ކުރަންޖެހޭ މަސައްކަތްކުރުން

 5.  ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލުގެ މޮނިޓަރިންގ އާއި ގުޅޭ އިދާރީމަސައްކަތްތައް ކުރުމާއި        ކަމާގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން

 6.  ކައުންސިލްގެ ބިޒްނަސް ޕްލޭން އެކުލަވާލުގެ އިދާރީމަސައްކަތްކުރުން

 7.  ޕަރފޮރމަންސް އިންޑެކްސް އާއި ގުޅޭ އިދާރީމަސައްކަތްތައް ލިޔެ ބެލެހެއްޓުން

 8.  އަތޮޅުގެ ބޯހިމެނުމާއި ގުޅޭ އިދާރީ މަސައްކަތްތައް  ލިޔެ ބެލެހެއްޓުން 

 9.  އަތޮޅު ކައުންސިލްގެ މަސައްކަތު ތާވަލްގައި ހިމެނިގެން ޔުނިޓާއި ޙަވާލުކުރެވޭ މަސައްކަތްތައް        ކުރުން

 10.  ޙަވާލުކުރެވޭ މަސައްކަތް ތަކުގެ ލިޔެކިއުންތައް މައްސަލަ ރަޖިސްޓްރީއަށް އެރުވުމާއި މައްސަލަ         ރަޖިސްޓްރީ އަޕްޑޭޓްކުރުން  އަދި ނިމޭ މައްސަލަތައް ފައިލްކުރުން

 11.  ލޯނުދޫކުރުމށްޓަކައި އިދާރީގޮތުންކުރަންޖެހޭ މަސައްކަތްތައް ލިޔެ ބެލެހެއްޓުން

 12.  ލޯންޕްރޮގްރާމާއި ގުޅިގެން ހަދަންޖެހޭ އެމް.އޯ.ޔޫތައް ތައްޔާރުކުރުމާއި ކަމާގުޅޭ ލިޔެކިއުންތައް        ބެލެހެއްޓުން

 13.  ލޯން ޕްރޮގްރާމާއި ގުޅިގެން ހަދަންޖެހޭ ރީޝެޑިއުލް އެއްބަސްވުންތައް ތައްޔާރުކުރުން

 14.  ލޯނަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލޯންދޫކުރެވޭ ފަރާތްތަކުގެ ރަޖިސްޓްރީ ލިޔެ            ބެލެހެއްޓުން

 15.  ކޮންމެ 4 މަހަކުން 1ފަހަރު ލޯން ޕްރޮގްރާމްތަކުގެ ސްޓެޓިސްޓިކް ތައްޔާރުކުރުން

 16.  ޤަވާޢިދުން ލޯން ދައްކާތޯބަލައި، ލޯން ނުދައްކާ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމާއި      ލޯން ޕްރޮގްރާމްތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

 17.  ލޯން ޕްރޮގްރާމްގެ ހިސާބުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން

 18.  ލޯން ޕްރޮގްރާމް ތަކުގެ މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުން

 19.  މުޅިތަނަށްދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ          މަސައްކަތްތަކުގައި ބައިވެރިވުމާއި،ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން            ޙަވާލުކުރެވޭ  އެހެނިހެންކަންތައްތައް ކުރުން

  މަޤާމުގެ ޝަރުޠުތައް:

     ބިޒްނަސް މެނޭޖްމަންޓް ، ޕްލޭނިންގ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ      ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

  ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1.   ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސަރވިސް        ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

 2.   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 3.   ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ       ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 4.   ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން           ކުރިމަތިލާ  މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް           ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާލިޔުން.

 5.   ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ      ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛          ނުވަތަ   ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި        ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި                 ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6.   ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ         ކޮޕީ.

 7.   ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް              ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8.   މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ)  ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ              އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު        ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ        ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ        މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް      އަންގައިދޭ ރެފަރެންސް ޗެކްފޯމް 

  ވަޒީފާއަށް އެންމެ ޤާބިލު       ފަރާތެއް  ހޮވުމަށް ބެލޭނެ     ކަންތައްތައް

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް

 

  މަޤާމަށް އެދެންވީގޮތާއި       ސުންގަޑި:

 

   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖެނުއަރީ 2019 ގެ 13:00 ގެ ކުރިން،      ށ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް              [email protected] އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި    އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،    އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

  އިންޓަވިއު އޮންނާނެ ތަނާއި،    މުއްދަތު:

   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ، 31 ޖެނުއަރީ 2019 އާއި          09 ފެބްރުއަރީ 2019 އާ ދެމެދު، ށ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. 

  ޝޯޓް ލިސްޓްކުރުން:

   މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،        ވަޒީފާއަށް  ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް        ޝޯޓްލިސްޓް ކުރެވޭނެއެވެ.  

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540025ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

15 ޖުމާދަލްއޫލާ 1440

21 ޖެނުއަރީ 2019

21 ޖަނަވަރީ 2019
ހޯދާ