މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޑިރެކްޓަރ (އެކެޑެމިކް ސަޕޯރޓް އޮފީސް ޑިވިޜަން)

 

 

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-280437

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޮލިޓެކްނިކް

މުސާރަ:

8,835 ރުފިޔާ

ސަރވިސް އެލަވަންސް:

2،000 ރުފިޔާ

އެހެނިހެން އެލަވަންސް:

1 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިގެ ފައިސާ.

 4. ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު 1100/- ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% ލިބޭނެ

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މޯލްޑިވްސް ޕޮލިޓެކްނިކްގެ ކިޔަވައިދިނުމާއިގުޅޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
    1. މޯލްޑިވްސް ޕޮލިޓެކްނިކްގެ ކިޔަވައިދިނުމާށް ބޭނުންވާ ކޮންޒިއުމަބަލްސް ލިސްޓް އެކުލަވައިލުން.
    2. މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގުމަށް ކަނޑައެޅޭ ކޯސްތަކަށް ބޭނުންވާ އިކުއިޕްމަންޓްސް އަދި މެޝިނަރީސް ދެނެގަތުން.
    3. މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގޭ ކޯސްތައް ހަރަދުކުޑަ ގޮތެއްގައި ރާވައި ހިންގުން.
    4. މޯލްޑިވްސް ޕޮލިޓެކްނިކަށް ވެއްދޭ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ ސަޕޯޓްދީ، އެދަރިވަރުން ފެއިލްވިޔަނުދީ ދަސްވެނިވުމަށް ބާރުއަޅާ އެހީތެރިވެދިނުން.
    5. މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގޭ ކޯސްތަކުގެ އެކަޑަމިކް ރިކޯޑްސް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
    6. މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައިދެވޭ އެންމެހައި ޕޮރްގްރާމްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ބެލެހެއްޓުން.
    7. މޯލްޑިވްސް ޕޮލިޓެކްނިގައި ކިޔަވައިދެވޭ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށް މަސައްކަތްކުރުން.
    8. މޯލްޑިވްސް ޕޮލިޓެކްނިކާއި ދިވެހި ސިނާއަތްތަކާއި އޮންނަގުޅުން ހަރުދަނާކޮށް ބަދަހިކުރުން.
    9. މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގުމަށް ކަނޑައެޅޭ ކޯސްތަކަކީ ގައުމަށް އެންމެ މުހިންމު ޓްރޭޑްތަކުގެ ކޯސްތައްކަން ކަށަވަރުކުރުން.
    10. މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުން ކިޔެވުމަށް ބޭނުންވާ އަމަލީ ތަޖުރިބާ ހޯދުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
    11. މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ރޭވޭ ފީލްޑް ޓްރިޕްތައް ރޭވުމުގައި ދަރިވަރުންގެ ސަލާމަތާއި ރައްކަތެރިކަމަށް އިސްކަންދިނުމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދަރިވަރުން ދަތުރު ދިޔުމަށް ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ދަތުރުތައް އިންތިޒާމުކުރުން.
    12. ލެކްޗަރަރއިން ކިޔަވައިދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
    13. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތަކާއި، އައުޓްރިޖް ލަރނިން ސެންޓަރތަކުގައި ހިންގޭ ޕްރޮގްރާމްތަކުގެ އެކަޑަމިކް ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
    14. މޯލްޑިވްސް ޕޮލިޓެކްނިކްގައި ގާއިމްކުރެވިފައިވާ ބޯޑްތަކާއި ކޮމެޓިތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ވަގުތައް ފޯރުކޮށްދިނުން.
    15. މޯލްޑިވްސް ޕޮލިޓެކްނިކަކީ އާންމުންގެ މެދުގައި މަގްބޫލް އިންސްޓިޓިއުޓަކަށް ހެދުމަށްޓަކައި ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުން.
    16. މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގޭ ޕްރޮގްރާމްތައް ރާއްޖެއާއި ރާއްޖޭންބޭރުގެ ޕޮލިޓެކްނިކް، ކޮލެޖް،ޔުނިވަރސިޓީތަކުން ގަބޫލްކުރާ ޕްރޮގުރާމްތަކަކަށް ހެދުމަށް މަސައްކަތްކުރުން.
    17. މޯލްޑިވްސް ޕޮލިޓެކްނިކް ހިންގުމަށް ކަނޑައަޅާފައިވާ މެންޑޭޓްގެ ތެރެއިން ކިޔަވައި ދިނުމާއި ގުޅުންހުރި ހަރަކާތްތައް ތަންފީޒުކުރުން.
    18. ދަރިވަރުންގެ އެޓެންޑެންސް އާއި ފީޑްބެކް ރިޒަލްޓް އަދި އޮންލައިން ކޯސްތައް މޮނިޓަރކުރުން.
    19. ވޯކްޝޮޕް/ލެބް އަދި އެތަންތަނުގެ ތަޅުދަނޑިތައް މޮނިޓަރކޮށް ބެލެހެއްޓުން.
    20. މެންދުރުފަހު ދަންފަޅީގެ މުވައްޒަފުން/ދަރިވަރުންގެ ކަންތައްތައް މޮނިޓަރކޮށް ބެލެހެއްޓުން.
    21. ކްލާސްތަކާއި ކްލާސްތަކަށް ހާޒިރުނުވާ ދަރިވަރުންގެ ހާޒިރީއާއި އެކްސްޓްރާ ކްލާސްތަކާއި ޓެސްޓް ޕޭޕަރތަކާއި އެކަޑަމިކް ޑިޕާރޓްމެންޓްގެ އެންމެހާ ކަންތައްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން. 
    22. ވެރިން އަންގާ ރަސްމީ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. 1.      އެޑިޔުކޭޝަނަލް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑިޔުކޭޝަންގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

ނުވަތަ،

  1. 1.      އެޑިޔުކޭޝަނަލް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑިޔުކޭޝަންގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމީ ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. 6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
  2. 7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. 8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާސިލްކޮށްފައިވާ ތައުލީމަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލްކަން ކަށްވަރުކުރުމަށް ކުރާ އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސްއިން.

ރ. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާ ތަކެތި ހުށަހަޅާނީ 30 ޖަނަވަރީ 2019 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް    މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  

އިންޓަވިއު /

ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 31 ޖަނަވަރީ 2019 އާއި 07 ފެބްރުއަރީ 2019  އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3305415 އަށެވެ. އީ-މެއިލް ކުރާނީ[email protected]  އަށެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

21 ޖަނަވަރީ 2019
ހޯދާ