ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަޠު

އިޢުލާން

މަސައްކަތު މަޤާމަށް މުވައްޒަފަކު ހޯދުމަށް

 

މަޤާމް

މަސައްކަތު

މަޤާމުގެ ނަންބަރު

J-123804

ބޭނުންވާ ޢަދަދު

1

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ކ. އަތޮޅު ތަޢުލީމީ މަރުކަޒު / ކ. ތުލުސްދޫ

މުސާރަ

3100.00ރ

ސަރވިސް އެލަވަންސް

1000.00ރ

އެހެނިހެން އެލަވަންސް

ސަޕޯޓިންގ ކޯ އެލަވަންސް 1: 1200.00ރ އަދި އިތުރުގަޑީގެ މަސައްކަތްކޮށްފިނަމަ ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެ.

 

މައިގަނޑު މަޞްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ސްކޫލްގެ ގޯތިތެރެއާއި ސްކޫލުގެވަށައިގެންވާ މަގުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  2. ކަނޑައެޅިފައިވާ އުސޫލުގެމަތިން ކްލާސްރޫމް ތައް ކުނިކަހާ މޮޕްއަޅާ، ޑެސްކް، ކޮމްޕިއުޓަރ، ޕްރިންޓަރ ކަބަޑުތައް އަދި ގޮނޑިތައް ފުހެ، ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި ޑަސްބިން އުކާލުން.
  3. ކަނޑައެޅިފައިވާ އުސޫލުގެމަތިން ދަރިވަރުންގެ ފާޚާނާތައް، ބޯފެންއިސްކުރު ހުންނަ ސަރަހައްދު ދޮވެސާފުކޮށް ބެލެހެއްޓުން.
  4. ހުރިހާ ތަނެއްގެ ބިއްލޫރި، ފަންކާ ފޮހުން
  5. އިމާރާތުގެ އެކިތަންތާގައި އެތަނެއްގައި ހުންނަން ނުހެޖޭ ތަކެތި ހުރިކަމުގައިވާނަމަ އެތަކެތި ރައްކާކޮށް ސްކޫލްގެ ގޯތިތެރެއާއި ސްކޫލްގެ އިމާރާތަކީ ކިޔަވާކުދިންނާއި މުވައްޒަފުންނާއި އިމާރާތަށް ވަދެނުކުމެ ހަދާފަރާތްތަކަށް ރައްކާތެރި ސާފުތާހިރު މާހައުލަކަށް ހަދާ ބެލެހެއްޓުން.
  6. ސްކޫލްގެ އިމާރާތުގެ ތެރޭގައިކުނި ބުނީގެ ގޮތުގައި އެއްކުރެވޭތަކެއްޗާއި ގުދަންކުރެވޭތަކެތީގެ ތެރެއިން އުކާލަންޖެހޭތަކެތި އުކާލަންވާނެއެވެ.
  7. ސްކޫލްގައި ބޭއްވޭ އެކިއެކި ބައްދަލުވުންތަކާއި ރަސްމިއްޔާތު ތަކަށް ތަން ތައްޔަރުކުރުމަށް ކުރަންޖެހޭމަސައްކަތްތައް ކުރުމަށް އެހީތެރިވުން.
  8. ސްކޫލްގެ ގޯތިތެރޭގައި މަދިރިއުފެދޭގޮތަށް ހުންނަދަޅު، ފުޅިފަދަ ފެންހަރިލާގޮތަށް ހުންނަތަކެތި ނަގައި މަދިރި ކޮންޓްރޯލްކުރުމަށް މަސަކަތްކުރުން.
  9. ހެދިފައިވާ ޝެޑިއުލް އާއި ސްޕަވައިޒަރުގެ އިރުޝާދުގެ މަތިން ފްލޯޑިއުޓީ  އަދާކޮށް ފާޚާނާތައް ބަލަހައްޓާ، ފާޚާނާއަށް އަންކުދިންނަށް އެހީތެރިވުން.
  10. 10.  ސްޕަވައިޒަރ ވަޒިފާގެ ހައިޘިއްޔަތުން ކުރުމަށް އަންގާ އެންމެހާ ކަންކަން ކުރުން.
  11. 11.  މީގެ އިތުރުން ވަޒިފާ ބަޔާނުގައި ކަނޑައެޅިފައިވާ މަސައްކަތްތައް ޤަވާޢިދާ އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ކުރުން.

 

ޝަރުތު

  1. ލިޔަން ކިޔަން އެގުން.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓަގަރީ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތައުލީމް

25

21

26

މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއަދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

48

48

ޖުމްލަ

185

100

100

 

 ސުންގަޑި:

     ޝަރުތު ހަމަވާ ފަރާތްތަކުން 2019 ޖެނުއަރީ 29 ވާ އަންގާރަދުވަހުގެ މެންދުރު 12:00 ގެ ކުރިން ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާ އަށް އެދޭފޯމާއި ލިޔުންތައް އީމެއިލް [email protected]  އިން ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައި ގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚް:

      މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 ޖަނަވަރީ 30 އާއި 2019 ޖަނަވަރީ 31 އާ ދެމެދު މިމަރުކަޒުގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚުތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

20 ޖަނަވަރީ 2019
ހޯދާ