އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން:- މެނޭޖަރ – އެމް.އެސް 3 (ވަގުތީ)، ސީނިއަރ އޮފިސަރ – އެމް.އެސް 1 (ވަގުތީ)

ނަންބަރު: A)AB-2019/11)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

މެނޭޖަރ – އެމް.އެސް 3 (ވަގުތީ)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/7035 (ހަތްހާސް ތިރީސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/2000 (ދެހާސް ރުފިޔާ)

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/225 (ދުއިސައްތަ ފަންސަވީސް ރުފިޔާ)

އިތުރު ގަޑި ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް:

އިންތިޚާބުގެ މަސައްކަތްތަކަށް ޚާއްޞަ (އިންތިޚާބުގެ މަސައްކަތް ނިމެންދެން)

– ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި މުއްދަތުގެ ކުރިން މަސައްކަތް ނިމިއްޖެނަމަ ވަޒީފާއިން ދޫކޮށްލެވޭނެއެވެ.

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 02 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2- ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 03 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3- ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ލެވެލްގެ މަޤާމެއްގައި މަދުވެގެން 05 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

4- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

5- އުމުރުން 50 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

6- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

7- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

  • އިންތިޚާބާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ވޯޓުނަގާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ސްޓޭޝަނަރީސް ޗެކްކުރުމާއި ޕެކްކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން.
  • އިންތިޚާބާއި ގުޅިގެން ރަށްރަށަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމުގެ މަސައްކަތް ރާވާ ކުރިޔަށް ގެންދިއުން.
  • އިންތިޚާބާއި ގުޅިގެން ކުރަންޖެހޭ އެއްގަމާއި، ކަނޑާއި ވައިގެ ދަތުރުފަތުރުތައް ހަމަޖެއްސުން
  • ވޯޓުނެގުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ވޯޓުނަގާ މަރުކަޒުތަކަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރުން.
  • ވޯޓުނަގާ ދުވަހުގެ ލޮޖިސްޓިކްސް މަސައްކަތްތައް ރާވައި ކުރިޔައް ގެންދިޔުން.

މަޤާމް:

ސީނިއަރ އޮފިސަރ – އެމް.އެސް 1 (ވަގުތީ)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/5610 (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/2000 (ދެހާސް ރުފިޔާ)

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/170 (ސަތޭކަ ހަތްދިހަ ރުފިޔާ)

އިތުރު ގަޑި ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް:

އިންތިޚާބުގެ މަސައްކަތްތަކަށް ޚާއްޞަ (އިންތިޚާބުގެ މަސައްކަތް ނިމެންދެން)

– ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި މުއްދަތުގެ ކުރިން މަސައްކަތް ނިމިއްޖެނަމަ ވަޒީފާއިން ދޫކޮށްލެވޭނެއެވެ.

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ؛
  2. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ؛
  3. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.
  3. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  4. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

  • މަޖިލިސް އިންތިހާބް 2019 ގައި ވޯޓުލާ ސަރަހައްދު ބައިކުރަންޖެހޭ ރަށްތައް ބައިކުރުމަށްޓަކައި ރަށު ކައުންސިލްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ރާވައި ހިންގުން.
  • މާލޭގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ އަދަދު ހޯދާ އަޕްޑޭޓް ކުރުން.
  • ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ އަދަދު ހޯދާ އަޕްޑޭޓް ކުރުން.
  • ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ޢަދަދަށް މާލޭގެ ދާއިރާތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރުން.
  • ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅައިފައިވާ ގޮތުގެ ވަގުތީ ރިޕޯޓު ތައްޔާރުކުރުން.
  • ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅައިފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާންމުކުރުމާއި ޝަކުވާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅައިފައިވާ ގޮތުގެ ފައިނަލް ރިޕޯޓު އާންމުކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
  • މަޖިލިސް އިންތިޚާބް 2019 ގެ އެންމެހައި ލޮޖިސްޓިކްސް މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ ދަށުން ރާވާ ހިންގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

 3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

- މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

ނޯޓު

- އިންތިޚާބުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

- ޢިއުލާންކޮށްފައިވާ މަޤާމަށް ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖަނަވަރީ 24 ވާ ބުރާސްފަތި ދުވަހުގެ  15:00 ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާތިލް ކުރެވޭނެ އެވެ.

- މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 

މެނޭޖަރ (އެމް.އެސް 3) ގެ މަޤާމަށް މީހުން ހޮވުމުގައި ބަލާ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢްލީމް

40 މާކްސް

މަސައްކަތު ތަޖުރިބާ  (އާއްމު)

10 މާކްސް

މަސައްކަތު ތަޖުރިބާ  (އިންތިޚާބު)

05 މާކްސް

އިންޓަރވިޔު

35 މާކްސް

ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

ޖުމްލަ

100 މާކްސް

ސީނިއަރ އޮފިސަރ (އެމް.އެސް.1) ހޮވުމުގައި ބަލާ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢްލީމް

40 މާކްސް

މަސައްކަތު ތަޖުރިބާ  (އާއްމު)

10 މާކްސް

މަސައްކަތު ތަޖުރިބާ  (އިންތިޚާބު)

05 މާކްސް

އިންޓަރވިޔު

35 މާކްސް

ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

ޖުމްލަ

100 މާކުސް

ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކުސް ދެވޭނީ ތަޢުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

11 ޖުމާދުލްޢޫލާ 1440

17 ޖަނަވަރީ 2019
ހޯދާ