ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ތަމްރީނު ހޯދުމަށް މަސައްކަތުގެ ފުރުސަތު

ތަމްރީނު ހޯދުމަށް މަސައްކަތުގެ ފުރުސަތު

މަގާމު: އިންޓަރން

     ބޭނުންވާ ޢަދަދު: 1

     މަސައްކަތުގެ ވަގުތު: ސަރުކާރުގެ ރަސްމީ ގަޑި

     މުއްދަތު: 3 މަސްދުވަސް (ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި އެއްބަސްވުމުން މުއްދަތު އިތުރުކުރެވިދާނެއެވެ.)

ފެންވަރު ނުވަތަ ޝަރުތު:

މާސްޓަރސް ޑިގްރީ، ފުރަތަމަ ޑިގްރީ، ނުވަތަ ޑިޕްލޮމާ ފުރިހަމަކުރަމުންދާ ފަރާތަކަށްވުން

ނުވަތަ

އެޑްވާންސްޑް ލެވެލް / ލެވެލް 4 (ހަތަރެއް) ފުރިހަމަކޮށްފައިވާ ފަރާތަކަށްވުން.

މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތަށް ފަރާތެއް ހޮވާނީ، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުއަށް ބަލައިގެންނެވެ. މި ގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. ކޮމްޕިއުޓަރަށް އަހުލުވެރި މިންވަރު
  2. ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ ހުނަރު
  3. މަސައްކަތްކުރުމުގެ ޤާބިލްކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާކަމުގެ ސިޓީ.
  2.  މަތީ ތައުލީމު ދޭ، ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯހެއްގައި ކިޔަވަމުންދާނަމަ އެކަން ބަޔާންކޮށް ކިޔަވަމުންދާ މަރުކަޒުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  3. މަސައްކަތަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. މަސައްކަތަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:      

2019 ޖަނަވަރީ 27 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (މަޖީދީމަގު، މާލެ، 20040)

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 2019 ޖަނަވަރީ 28 އާ 2019 ފެބްރުއަރީ 11 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307306 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

            

          

 

17 ޖަނަވަރީ 2019
ހޯދާ