މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފީލްޑް އޮފިސަރުން ތަމްރީންކުރުން

ދަނޑުވެރިކަން ކުރަމުން ގެންދާ ރަށްރަށުގައި ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާނެ މީހުން ބިނާ ކުރުމަށްޓަކައި ފީލްޑް އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ޔުނިވާސަލް އެންޓަރޕްރައިސަސްގެ އެހީތެރި ކަމާއެކު ހިންގުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ. 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ ދަނޑުވެރިކަން ކުރާ ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ދާއިމީ މުވައްޒަފުންނަށެވެ. ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި އެލަވަންސް ފަދަ އެންމެހާ ޚަރަދުތަކެއް ދެއްވުމަށް ހަމަޖެހިފައި ވަނީ ޔުނިވާސަލް އެންޓަރޕްރައިސަސްގެ ފަރާތުންނެވެ.

ވީމާ، މިޕްރޮގްރާމްގެ ދަށުން ފީލްޑް އޮފިސަރެއް ތަމްރީން ކުރައްވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ރަށު ކައުންސިލްތަކުން 27 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީއަށް އަންގަވާދެއްވުން އެދެމެވެ.

17 ޖަނަވަރީ 2019
ހޯދާ