އއ. މާޅޮހު ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލުގެ މައިހޯލް ފުރާޅުގެ އެއްފަރާތުގެ ޓިނާއި ނަލަ ފިލާ ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

 މި ސްކޫލުގެ  މައިހޯލް ފުރާޅުގެ އެއްފަރާތުގެ ޓިނާއި ނަލަ ފިލާ ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށް ނަންނޯޓް ކޮށް 22 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 22 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހު 10:00ގެ ކުރިން މައުލޫމާތު ސާފުކުރުމަށް ނަންނޯޓް ކުރަން ވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 އަދި  ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވުމަށް ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި އަންދާސީ ހިސާބް ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާއި އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

އިޙްތިރާމް ގަބޫލުކުރެއްވުން އެދެމެވެ.

11 ރަބީޢުލްއޫލާ  1440

17 ޖަނަވަރީ 2019

 

 

                                                                                                                             މަޖޫ ސެބަސްޓިއަން      

                                                                                                                               ޕްރިންސިޕަލް        

17 ޖަނަވަރީ 2019
ހޯދާ