ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫން ގޯތި ދިނުމުގެ ފުރުޞަތު ހުޅުވާލައި

އިޢުލާނު

ފ. ބިލެތްދޫން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

           މިރަށުން ދިރިއުޅުމަށް ގޯތިދޫކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމާއި ގުޅިގެން ސަރުކާރުން ދެއްވާފައިވާ ހުއްދައިގެ ދަށުން 2000 އަކަފޫޓުގެ 20 ގޯއްޗަށް އެދުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅަވާލައިފީމެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި އެ ވަނީއެވެ. އަދި ޕޮއިންޓް ދޭގޮތުގެ އުޞޫލް ޢާއްމު ކުރެވިފައިވާނެއެވެ.

ފޯމް ދޫކުރުމާއި، ބަލައިގަތުން:

  • ގޯއްޗަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 2019 ޖަނަވަރީ 16 ވާ ބުދަ ދުވަހުން ފެށިގެން 2019 ފެބުރުވަރީ  17 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:30 އަށް މި އިދާރާއިންނެވެ.
  • ގޯއްޗަށް އެދި ހުށަހަޅާ ފޯމު ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  • ހުށަހަޅަން ވާނީ ފޯމުގެ އަސްލެވެ. ފޯމްގެ ކޮޕީ ބަލައެއް ނުގަނެވޭނެއެވެ.
  • ފޯމު ނެގުމާއި ފޯމު ފުރުމުގައި ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ފޯމު ފުރުމަށް ސަމާލުވުމަށް ދެންނެވީމެވެ.

ގޯއްޗަށް އެދޭމީހުންގައި ހުންނަންވާނެ ޝަރުޠުތައް :

1- ރަށުގެ ރަށްވެއްސެއް ކަމުގައިވުން

2- ޢުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން.

3- ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިނެތުން.

4- ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުބައެއް އަނބި/ފިރިމީހާއަށް ލިބިފައި ނެތުން.

5- ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން.

6- ކައިވެނީގެ ގޮތުން ގުޅި ދިރިއުޅުމެއް ފަށާފައިވާ މީހަކުކަމުގައިވުން

7- ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރު ދުވަހުގެތެރޭ މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން.

8- ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބެން ނެތުން. ނުވަތަ ލިބެންއޮތް ނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.(މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭގޯތި ރަޖިސްޓްރީ ކޮށްދެވޭނީ ތަރިކައިން ލިބެންއޮތް ގޯތި ނުވަތަ ލިބެން އޮތްބައި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީޢަތުން ނިންމެވުމަށް ފަހުގައެވެ.)

9- ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ލިބި، އެބިމަކީ ވަކިން ޢިމާރާތްކޮށްފައިވާ ނުވަތަ ވަކިން ޢިމާރާތްކުރެވޭގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން (މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭގޯތި ރަޖިސްޓްރީ ކޮށްދެވޭނީ ތަރިކައިން ލިބެންއޮތް ގޯތި ނުވަތަ ލިބެން އޮތްބައި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީޢަތުން ނިންމެވުމަށް ފަހުގައެވެ.)

މީގެ އިތުރުން ގޯތި ދޫކުރުމާއިބެހޭ ކަންތައްތައް ކުރިޔަށް ގެންދިއުމަށް އެކުލަވާލާ ކޮމެޓީއަށް ފެނިއްޖެ ޙާލެއްގައި އިތުރު ޝަރުޠު ކަނޑައެޅިދާނެއެވެ.

ނޯޓް:

  • މިޝަރުތުތައް ހަމަނުވާ ފަރާތްތަކުގެ ފޯމް އިވެލުއޭޝަން މަރުހަލާގައި ބާޠިލްވާނެއެވެ. އަދި އެ ފޯމްތައް ބާޠިލްވެފައިވާކަން ސަބަބާއެކު، ފޯމް ހުށަހެޅި ފަރާތަށް ލިޔުމުން އަންގާނެއެވެ.
  • ޕޮއިންޓް ލިބޭ މިންވަރަށް ބަލާ އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ، ގޯތިދޫކުރެވޭނީ އޭގެ ތެރެއިން އެންމެމަތީ ޕޮއިންޓް ލިބޭ މީހަކަށެވެ. ޕޮއިންޓްގެ ގޮތުން ދެމީހުން އެއްވަރުވެއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ދެމީހުންނަށް ގޮތެއް ނުނިންމިއްޖެނަމަ ދެމަފިރިންނަށް ލިބޭ ގޯއްޗެއްގެ ގޮތުގައި ކަނޑައަޅާނީއެވެ. މިގޮތަށްވެސް އެއްބަސްނުވެއްޖެނަމަ ގޯތި ލިބޭފަރާތް ކަނޑައަޅާނީ ކޮމެޓީގެ ޙާޟިރުގައި ދެމެފިރިންގެ މެދުގައި ގުރުއަތު ލައިގެންނެވެ.
  • ފޯމު ހުށަހަޅާ ފަރާތުގެ ރަށްވެހިކަމާއި، ޢުމުރާއި އަދި ކައިވެނީގެ މުއްދަތު ބަލާނީ އެމީހަކު ފޯމު ހުށަހަޅާ މީލާދީ ތާރީޚާއި ހަމައަށެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ގޯއްޗަށް އެދޭ މީހާގެ އައިޑެންޓިޓީ ކާޑު ނުވަތަ އައިޑެންޓިޓީކާޑު ނަންބަރާއި އުފަން ތާރީޚު އެނގޭ ފަދަ ރަސްމީ ލިއުމެއްގެ އަސްލާއި ކޮޕީ.

  (ގޯއްޗަށް އެދޭ މީހާ ރަށުން ބޭރުގައި ވުމުގެ ސަބަބުން މިފަދަ ލިއުމެއްގެ އަސްލު ހުށަހެޅެން ނެތްނަމަ މިފަދަ ލިއުމެއްގެ ކޮޕީ ގަބޫލު ކުރެވިދާނެއެވެ.)

  • ރަށްވެހިކަން ބަދަލުވެފައިވާނަމަ އެކަން އެނގޭނެ ރަސްމީ ލިއުމެއްގެ ކޮޕީ.
  • ގޯއްޗަށް އެދޭ މީހާއަކީ ކައިވެނިކޮށްގެން އުޅޭ މީހެއްނަމަ، ކައިވެނީގެ ސެޓްފިކެޓް ކޮޕީ.
  • ގޯއްޗަށް އެދޭ މީހާއަކީ ކައިވެނިކޮށް، ވަރިކޮށްފައިވާ މީހެއްނަމަ ވަރީގެ ސެޓްފިކެޓް ކޮޕީ.

ނޯޓު:  ގޯއްޗަށް އެދޭ މީހާގެ ބަދަލުގައި އަންނަ މީހަކީ ގޯއްޗަށް އެދޭފަރާތުގެ މަޢުލޫމާތު ދެވޭވަރުގެ މީހަކަށް ވާންވާނެވެ.

ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ގެންދާނެ ގޮތް:

  • ޝަރުޠު ފުރިހަމަވާ މީހުން ކަނޑައެޅުން.
  • ޝަރުޠު ފުރިހަމަވާ މީހުންނަށް ކަނޑައެޅިފައިވާ މިންގަޑުން ޕޮއިންޓް ދިނުން. (ޕޮއިންޓް ދިނުމުގެ އުޞޫލް އާންމު ކުރެވިފައި)
  • މި ބުރުގައި ގޯތިދޫކުރާ އަދަދަށް މީހުން ނެގުމަށްޓަކައި،  20 ފަރާތަށްވުރެ ގިނަ ފަރާތްތަކުން ގޯއްޗަށް އެދިފައިވާނަމަ ގޯތި ދޫކުރެވޭނީ ބިލެތްދޫ ކައުންސިލުން ފާސްކޮށްފައިވާ ގައިޑްލައިންގެ 11 ވަނަ ނަމްބަރުގައި ބަޔާންކުރެވިފައިވާ ގޮތަށެވެ. މިގޮތުން ގޯތި ލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ގިނަ  ފަރާތްތަކެއް ވާނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
  • ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުޠުތައް ހަމަވާ މީހުންނަށް ޕޮއިންޓް ދިނުމާއި، ގޯތި ލިބޭ މީހުން ކަނޑައަޅާނީ ގޯތި ދިނުމުގެ ޢަމަލީ މަސައްކަތް ކުރުމަށް ހޮވާފައިވާ ކޮމެޓީންނެވެ.
  • ގޯތި ލިބޭ 20 މީހުންގެ ލިސްޓުގެ ތެރެއަށް ދެމަފިރިން ހޮވިއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެ ދެމީހުންގެ ތެރެއިން އެންމެމަތިން ޕޮއިންޓް ލިބޭ މީހަކަށެވެ. ޕޮއިންޓްގެ ގޮތުން ދެމީހުން އެއްވަރުވެއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެ ދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. އެ ދެމީހުންގެ މެދުން ގޮތެއް ނުނިމިއްޖެނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ކޮމެޓީގެ ހާޒިރުގައި ދެމަފިރިންގެ މެދުގައި ޤުރުއަތު ލައިގެންނެވެ.

އިތުރު މަޢުލޫމާތު

  • ގޯއްޗަށް އެދި ހުށަހަޅާ ފޯމުގައި ޙަޤީޤަތާ ޚިލާފު އެއްވެސް މަޢުލޫމާތެއް ދީފައިވާނަމަ ފޯމު ބާޠިލު ކުރެވޭނެއެވެ. އެފަދަ ސަބަބަކާހުރެ ފޯމު ބާޠިލު ކުރަންޖެހޭ ނަމަ ބާޠިލުކުރަންޖެހުނު ސަބަބު ބަޔާންކޮށް ލިޔުމަކުން އެކަން ފޯމު ހުށަހެޅި ފަރާތަށް އެންގޭނެއެވެ.
  • ގޯއްޗަށް އެދި ހުށަހަޅާ ފޯމުގައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް އެއްވެސް ފަރާތަކަށް ގޯތި ލިބިފައިވަނިކޮށް، އެ ގޯތި ދޫކުރެވިފައި ވަނީ ފޯމުގައި ހިމަނާފައިވާ ނުބައި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުވެއްޖެނަމަ، އެގޯތި އެފަރާތެއްގެ ކިބައިން ވަކިކުރެވޭނެއެވެ. ވަކިކުރެވޭއިރު އެ ބިމުގައި ޢިމާރާތެއް ކޮށްފައިވާނަމަ، އެ ޢިމާރާތަކަށް ބަދަލުދިނުމުގެ ކަންކަން ގެންދާނީ ޝަރީޢަތް މެދުވެރިކޮށެވެ.
  • ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުޠުހަމަވާ މީހުންނަށް ޕޮއިންޓް ދީ ޕޮއިންޓް ލިބޭ މީހުން ކަނޑައަޅާނީ ފ. ބިލެތްދޫއިން ގޯތިދިނުމުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީންނެވެ.
  • ފޯމުހަށަހަޅާ ފަރާތުގެ ރަށްވެހިކަމާއި، ޢުމުރާއި އަދި ކައިވެނީގެ މުއްދަތު ބަލާނީ ފޯމު ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރެއިން، އެމީހަކު ފޯމު ހުށަހެޅި ތާރީޚާ ހަމައަށެވެ.
  • ފޯމް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚުގެ ފަހުންވެސް ތިރީގައިވާ ޙާލަތަކަށް ބަދަލެއް އައިސްފައިވާނަމަ، ޕޮއިންޓް ދިނުމުގައި އަދި ގޯތި ދިނުމުގައި އެ ޙާލަތަކަށް ރިޢާޔަތް ކުރެވޭނެއެވެ. އަދި މިއިން ކަމަކާ ގުޅިގެން ފޯމު ހުށަހަޅާ މީހާގައި ހުންނަންވާ ޝަރުޠެއް އުނިވެއްޖެނަމަ އެމީހެއްގެ ފޯމު ބާޠިލުވާނެއެވެ.

ހ. ގޯއްޗަށް އެދި ހުށަހަޅާ ފޯމު ހުށަހަޅާފައިވާ މީހާ ނިޔާވުން.

  • ގޯއްޗަށް އެދި ހުށަހަޅާ ފޯމް ގެއްލުން، ނުވަތަ ހަލާކު ވެއްޖެނަމަ މި އިދާރާއަށް ދުރުވުމުން އިތުރު ފޯމެއް ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާއަށް ދުރުވުމުންނާއި، މި އިދާރާގެ ނަންބަރ  6740013 ފޯނަށް ގުޅުއްވުމުން  ސާފުކޮށްދެވޭނެއެވެ.

10 ޖިމާދަލްއޫލާ      1440

16 ޖަނަވަރީ        2019                            

 

    

                                                   

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

                        

 

   

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

16 ޖަނަވަރީ 2019
ހޯދާ