ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގދ.ތިނަދޫގައި އޮންނަ މާވަހި ދޯނި މަރާމާތު ކުރުމާއި ގުޅޭ:

ނަންބަރ:FNK-I/IUL/2019/010

 

އިޢުލާން

 

ގދ.ތިނަދޫގައި އޮންނަ މާވަހި ދޯނި މަރާމާތު ކުރުމާއި ގުޅޭ:

      މިކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ގދ.ތިނަދޫގައި އޮންނަ "މާވަހި ދޯނި" މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރ FNK-I/IUL/2018/004 އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖަނަވަރީ 2019 ވާ އަންގާރަ  ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ގދ. ތިނަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

    އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ގދ. ތިނަދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

                 10 ޖުމާދަލް އޫލާ 1440

                 16 ޖަނަވަރީ 2019

 

 

 

 

16 ޖަނަވަރީ 2019
ހޯދާ