ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސްކޫލްއިން ސެކިއުރިޓީ ބެލެހެއްޓުމަށް ކުރި ފުރަތަމަ އިޢުލާން ނަންބަރ ((GS03/IUL/2018/54 އާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތަކުގެ ތެރެއިން 03 ފަރާތް ކޮލިފައިނުވާތީ، މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖެނުއަރީ 17 އިން 2019 ޖެނުއަރީ 23 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖެނުއަރީ 23 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޖެނުއަރީ 24 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ހިތަދޫ ސްކޫލްގައި އޮންނާނެއެވެ.
  2. ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 31 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހިތަދޫސްކޫލްގައިއެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހިތަދޫ ސްކޫލް

ހިތަދޫ، އައްޑޫ

ފޯން: 6888626

އީ-މެއިލް:[email protected]

16 ޖެނުއަރީ   2019

ޑރ.އާސިޔަތު މުޙައްމަދު ދީދީ

 ޕްރިންސިޕަލް

16 ޖަނަވަރީ 2019
ހޯދާ