މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ އެމްއެސް 1 ގެ މަޤާމަށް މުވައްޒަފަކު ހޯދުން

`

މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާ

ޗާންދަނީމަގު - ނ.ޅޮހި

ދިވެހިރާއްޖެ

                                                            ނަންބަރ: (IUL)291/291/2019/1

 

ވަޒީފާގެ ފުރުޞަތު

 

މަޤާމް:           މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރ:       J-303487

ބޭނުންވާ ޢަދަދު:        އެކެއް (01)

މަޤާމުގެ ގިންތި:        ދާއިމީ

މަޤާމުގެ ރޭންކް:        އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގުރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:  މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާ

އޮފީސް ޔުނިޓް:       އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

މުސާރަ:         -/5610 ( ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ )

ސަރވިސް އެލަވަންސް:    -/2000 ( ދެހާސް ރުފިޔާ )

އެހެނިހެން އެލަވަންސް:     ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ( ހަތްސަތޭކަ ރުފިޔާ ) ލިބޭނެއެވެ.  

 

 

 

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި، ވާޖިބުތައް:

1) ކައުންސިލްގެ ބެލުމުގެދަށުގައި ހުންނަ ތަންތަނާއި، އުޅަނދުފަހަރާއި، މަގުތަކާއި، ޕާކްތަކާއި، މިފަދަ ތަންތަނަށް ނަންދިނުމާއި، ނަންބަދަލުކުރުމާއި، ހުޅުވުމާއި، ބަންދުކުރުމާއި، ރަށުގެ މަގުހެދުމާއި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2) ރަށުފެންވަރުގައި ކުނިނައްތާލުމަށް ކުރަންޖެހޭ އިންތިޒާމްތައްކުރުމާއި، ކަރަންޓާއި، ފެނާއި، ފާހާނާއާއި، ނަރުދަމާނިޒާމް ފަދަ އާއްމު ޚިދުމަތްތައް ޤާއިމްކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައްކުރުން.

3)ޕްރީސްކޫލް ޚިދުމަތްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ރާވާ ހިންގުން.

4) އިޖްތިމާޢި މަރުކަޒްތަކާއި، ކުޅިވަރުކުޅޭ ދަނޑުތަކާއި، ބިންތައް ބެލެހެއްޓުމާއި، މިތަންތަނުގެ ޚިދުމަތްދެވޭނެ އިންތިޒާމް ހަމަޖެއްސުން.

5) އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މަގުބައްތިއާއި ނެރުބައްތި މަރާމާތުކޮށް ބެލެހެއްޓުން.

6) ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި، އެކަމަށް އެކަށައަޅަންޖެހޭ ޤަވާޢިދުތައްހަދާ ތަންފީޒްކުރުން.

7) ކައުންސިލް އިދާރާގެ ޒިންމާދާރުވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގައި ބައިވެރިވެ ކޮމެޓީގެ ނިންމުންތައް ތަންފީޒްކުރުމަށް މަސައްކަތްކުރުން.

8) މުޅިތަނަށް ދިމާވާ ކުއްލި އެމަޖެންސީތަކާއި އެންމެން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.

9) އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެމަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

10) ބިމުގެ ރަޖިސްޓްރީ ހަދައިދިނުމާއި، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދިނުމާއި، އެތަންތަނުގެ ރެކޯޑްތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އަރބަން ސްޓަޑީޒް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް   ލިބިފައިވާ ތަޢުލީމާއި، ތަމްރީނު

ހޮވުމަށް ބެލޭނެ ކަންތައްތައް:     ލިބިފައިވާ މަސައްކަތު ތަޖުރިބާ

               ލިބިފައިވާ ހުނަރު

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ ގެ 13:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]     މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 ޖެނުއަރީ 2019 އާއި 31 ޖަނަވަރީ 2019 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާ ގައެވެ.

 

ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560032 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. 

10 ޖުމާދިލް އޫލާ 1440

16 ޖެނުއަރީ 2019

16 ޖަނަވަރީ 2019
ހޯދާ