ކުޑަރިކިލު ސްކޫލް، ބ. ކުޑަރިކިލު
ދިވެހިރާއްޖެ
2019ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

                                     ނަންބަރ:GS-134/I/2019/02       

2019ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 13 ޖެނުއަރީ 2019 ގައި  ކުރި ނަމްބަރ:  GS-134/I/2019/01 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ވަޑައިގެންފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ވީމާ، 2019ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޖެނުއަރީ  2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

09 ޖުމާދިލްއައްވަލް 1440

15  ޖެނުއަރީ   2019

15 ޖަނަވަރީ 2019
ހޯދާ