މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު : އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާނު

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-227595

ބޭނުންވާ އަދަދު:

1 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ.ޅައިމަގު ކައުންސިލްގެ އިދާރާ / ށ. ޅައިމަގު

މުސާރަ:

މަހަކު 7035.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2000.00ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

4. ސަޕޯޓިންގް ކޯ އެލަވަންސް2 ގެ ގޮތުގައި މަހަކު 900.00ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތް

  1. ރަށުގެ ރައްޔިތުންގެ މާލިއްޔަތާއި، އެންމެހާވަސީލަތްތައް ބެލެހެއްޓުން.
  2. ލާމަރުކަޒީއުޞޫލުން އިދާރީދާއިރާތައް ހިންގުމުގެ ޤާނޫނުގައި ބުނެފައިވާ، ފައިސާއާއިބެހޭ އެންމެހާ ރިޕޯޓުތައް  ފޮނުވަންޖެހޭ ފަރާތަކަށް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުމުގެ އެންމެހާކަންކަން ބެލެހެއްޓުން.
  3. ރައްޔިތުންގެ އިމާރާތްތަކާއި ސަރުކަރުގެ އިމާރަތްތަކުގެ މައުލޫމާތު ބެލެހެއްޓުން.
  4. ކައުންސިލް އިދާރާއަށް ބޭނުންވާ ތަކެތި ކައުންސިލްގެ ލަފާގެދަށުން ހޯދުމާއި، ކައުންސިލްއިދާރާއަށް ބޭނުންވާ މެޝިނަރީފަދަ ތަކެއްޗާއި ލިޔެކިޔުމަށް ބޭނުންވާ ތަކެތި ހޯދުމަށް މަސަތްކަތް ކުރުން.
  5. ރައްޔިތުންގެ އިމާރާތްތަކާއި ސަރުކަރުގެ އިމާރާތްތައް މަރާމާތުކުރުމަށް މަސަތްކަތް ކުރުން.
  6. ކައުންސިލްއިދާރާއިން ބަލަހައްޓަންޖެހޭ އިމާރާތްތަކުގެ ކަރަންޓާއި، މެޝިނަރީއާއި، ފަރުނީޗަރާއި، އިކުއިޕްމެންޓް އަދި ދުއްވާތަކެތީގެ ހާލަތުބަލާ މަރާމާތުކުރުމުގެ މަސަތްކަތް ކުރުން.
  7. ކޯޕަރޭޓިވް އެފެއަރޒްގެ ދަށުގައިވާ މުވައްޒަފުންނަށް މަސަތްކަތް ހަވާލުކޮށް ސުޕަވައިޒް ކުރުމާއި، މަސައްކަތްތައް ރާވާހިންގުން.
  8. ރަށުގައިބާއްވާ އެކިއެކި އިންތިހާބުގެ ކަންކަން ބެލެހެއްޓުން.
  9. ކައުންސިލް އިދާރައިން ކުރަންޖެހޭ ތަހުޤީޤުތައް ކުރުން.
  10. ކައުންސިލް އިދާރާގެ ސެކިއުރިޓީއާގުޅޭ ކަންކަން ބެލެހެއްޓުން.
  11. ރައްޔިތުންގެ ބައްދަލުވުމުގެ ކަންކަން ބެލެހެއްޓުން.
  12. ކައުންސިލްގެ ހަރަކާތު ރިޕޯޓާއި އަހަރީ ރިޕޯޓު ތައްޔާރުކޮށް ކަމާއިބެހޭ ފަރާތަކަށް ފޮނުވުން.
  13. ކައުންސިލްގެ ބައްދަލުވުންތަކުގެ ކަންކަން ބެލެހެއްޓުމާއި، ކައުންސިލް އިދާރާއަށް އަންނަ މެހްމާނުންނަށް އިޙްތިރާމްއަދާކުރުމާއި، ބައްދަލުކުރަން  އަންނަ ފަރާތްތަކާއި ބައްދަލުކުރުން.
  14. ހިނގާއަހަރުގެ ބަޖެޓުގެ ކަންކަން ބެލެހެއްޓުމާއި، ކުރިޔަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓާއި ފައިނޭންޝަލް ޕްލޭން، ހިނގާ އަހަރުގެ ޖުލައިގެކުރިން ތައްޔާރުކޮށް އަތޮޅުކައުންސިލަށް ފޮނުވުން.
  15. ކައުންސިލް އިދާރާއިން ކުރަންޖެހޭ ދަތުރުތައް ކައުންސިލުން އަންގާގޮތަކަށް ރާވާ އިންތިޒާމް ކުރުން.
  16. މުވައްޒަފުގެ މަސައްކަތާގުޅޭ ލިޔެކިޔުންތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއެކު، ހޯދަންބޭނުންވާ ވަގުތު ފަސޭހައިން ފެންނާނޭހެން ފައިލްކުރުމާއި، ފައިލްސިސްޓަމް ޤާއިމްކޮށް ޤަޥާޢިދުން ބެލެހެއްޓުން. އަދި ބޭނުންވެއްޖެ ޙާލަތެއްގައި ބޭނުންވާ ސެކްޝަނަކަށް ފޮޓޯކޮޕީ ނެގުމަށްފަހު އެމަޢުލޫމާތެއް ނުވަތަ އެއެއްޗެއް ޙަވާލުކުރުން. އަދި އެމީހެއްގެ ޚާއްސަ ވާޖިބުތަކުގެ އިތުރުން ދިމާވާ ކުއްލި އިމަޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްސަ ކަންކަމުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ  ޚާއްޞަ މަސައްކަތްތަކުގައި  ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން. 

މަޤާމުގެ ޝަރުޠުތައް:

- ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

   (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ         މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ         ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި           ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ         ލިޔުމުގެ ކޮޕީ.

   (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި              ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް            ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ            އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު        ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ              އަދާކޮށްފައިވާ  ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި            މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ        ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖެނުއަރީ 2019 ގެ 14:00 ގެ ކުރިން، ށ.ޅައިމަގު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6540051 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 ފެބްރުއަރީ 2019 އާއި 10 ފެބްރުއަރީ 2019 އާ ދެމެދު، ޅައިމަގު ކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540051 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6540051 އެވެ. އީ-މެއިލް ކުރާނީ      [email protected]އަށެވެ.

15 ޖަނަވަރީ 2019
ހޯދާ