ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ސްކޫލްގައި ވޯކުވޭ އެޅުން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 ކުނަހަންދޫ ސްކޫލްގެ ގޯތިތެރޭގައި ދުވާރު އަޅައިދޭނެ ފަރާތެއް ހޯއްދުން

 

 

  1. މިސުކޫލުގެ ގޯތިތެރޭގައި ހިނގައި އުޅެވޭގޮތަށް ދުވާރެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު  މިސުކޫލުގެ ނަމްބަރު GS-184/IUL/2018/29 2 ވަނަ އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތަށް އަގުބޮޑު ކަމަށް ފެންނާތީ، މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޖެނުއަރީ 22 ވާ އަންގާރަ ދުވަހުގެ 13:00ގައި މި ސުކޫލުގެ އޮފީހުގައި އޮންނާނެއެވެ.
  3. ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 29 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި ސުކޫލުގެ އޮފީހުގައި އޮންނާނެއެވެ.
  4.  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކުނަހަންދޫ ސުކޫލު

ލ. ކުނަހަންދޫ / ދިވެހިރާއްޖެ.

ފޯން:  6800744

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: -

 

  

9ޖުމާދަލް އޫލާ1440

15 ޖެނުވަރީ 2019

15 ޖަނަވަރީ 2019
ހޯދާ