މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :މެނޭޖަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/6880.00 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/5504 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،500ރ – 4،500ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާއެއް ހާޞިލުކޮއްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 04 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކުންފުނީގެ ބިސްނަސް ޕްލޭންއާއި މާރކެޓީން ޕްލޭން އިސްވެރިންގެ އިރުޝާދުގެ ދަށުން ތައްޔާރުކުން.

- ކުންފުނީގެ މާރކެޓިންގެ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް އިސްވެރިންގެ އިރުޝާދުގެ ދަށުން ލިޔެ ތައްޔާރުކުރުން.

- ކުންފުނީގެ މާރކެޓިންގެ ޕްލޭންއާއި އެއްގޮތަށް ބޭނުންވާ އިސްތިހާރު ހޯދުުން

-  ކުންފުނިން ތައްޔާރުކުރަން ޖެހޭ ޕްރޮޕޯސަލްތައް އިސްވެރިންގެ އިރުޝާދުގެ ދަށުން ލިޔެ ތައްޔާރުކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން:

ބިޒްނަސް ޑެވެލޮޕްމަންޓް އެންޑް ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓް / މީޑިއާ ޔުނިޓް

ސުންގަޑި:

2019 ޖަނަވަރީ 20 ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

- ޕޮލިސް ރިކޯޑް ފޯރމް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް   މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
14 ޖަނަވަރީ 2019
ހޯދާ