މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ގދ ތިނަދޫއިން އިމާރާތެއް ކުއްޔަށް ހިފުން

 

އިޢުލާން

 

ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ

               މިކުންފުންޏަށް ގދ.ތިނަދޫ ޕޯސްޓް އޮފީސް ޢިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 20 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 15:00 ގެކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކުންފުނީގެ ގދ.ތިނަދޫ ޕޯސްޓް  ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 20 ޖަނަވަރީ 2019 ވަނަ ދުވަހުގެ 15:00ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވިކަމުގައި ވިއަސް ބަލައި ނުގަންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

ޢިމާރާތް ހޯދަން ބޭނުންވާ ރަށް:

  • ގދ.ތިނަދޫ

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތާއި ބެހޭ ތަފްޞީލް ހުށަހެޅުން

  • ޢިމާރާތުގެ ބޮޑުމިން ބަޔާން ކުރުން (1000 އަކަ ފޫޓަށްވުރެ ކުޑަނޫން)
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
  • ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުން
  • ޢިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން.
  • ޢިމާރާތުގެ ކުލި ބަޔާން ކުރުން
  • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.

ނޯޓް: ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް ޢިސްކަން ދެވޭނެއެވެ.

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް

  • ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
  • ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން.
  • ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން.
  • ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން.
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށް ވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް  ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
  • ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (ބަދަރު ސަރަޚައްދު ކައިރީ ނުވަތަ އެހެން އޮފީސް ޢިމާރާތެއް ކައިރި)

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ލިޔުމަކާއި އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން

 

މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު:%20
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30

 

                            

              08 ޖުމާދިލް އޫލާ 1440

              14 ޖަނަވަރީ 2019

             

 

 

 

14 ޖަނަވަރީ 2019
ހޯދާ