ދިއްފުށީ ޞިއްޙީ މަރުކަޒު، ކ. ދިއްފުށި
ދިވެހިރާއްޖެ
ކ.ދިއްފުށީ ޞިއްޙީމަރުކަޒުގެ އިމާރާތް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ކ.ދިއްފުށީ ޞިއްޙީ މަރުކަޒުގެ އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތް ތަކުން 2019 ޖެނުއަރީ 17 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކ.ދިއްފުށީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖެނުއަރީ 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން ކ.ދިއްފުށީ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

    މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހެއް ފޮނުއްވާ ނަމަ ތަމްސީލްކުރާ ފަރާތުގެ ސިޓީއަކާއި އައިޑީ ކާރޑްގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

    އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

14 ޖެނުއަރީ 2019

14 ޖަނަވަރީ 2019
ހޯދާ