ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އޭޝިޔަން ސިވިލައިޒޭޝަން ޑަޔަލޮގް ކޮންފަރެންސް ގައި ބައިވެރިވުމުގެ ފުރުޞަތު

          މަތީގައި ބަޔާންކޮށްފައިވާ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާ މި ސެންޓަރުން ކުރި ނަންބަރު (IUL)177-A2/1/2019/1 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮފައިލް ހުށަހަޅާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

          ޗައިނާގައި މޭ 14 ން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިޔަން ސިވިލައިޒޭޝަން ޑަޔަލޮގް ކޮންފަރެންސްގައި ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.

          މިކޮންފަރެންސްގައި ބައިވެރިވުމަށް ސަޤާފީ ކަންކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ކުރެހުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތެއްގެ އިތުރުން 6 މީހުންގެ މައްޗަށް އެކުލެވޭ ދިވެހި ސަޤާފީ ބޭންޑެއް ހޯއްދުމަށް ބޭނުންވެއެވެ. މިކޮންފަރެންސްގައި ބައިވެރިވުމުގެ ހުރިހާ ޚަރަދެއް ދެއްވާނީ ޗައިނާސަރުކާރުންނެވެ.

          ވީމާ، މިކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 21 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިސެންޓަރަށް ޕްރޮފައިލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ފޯނު ނަންބަރު  3344667 އަށް ގުޅުއްވުން އެދެމެވެ.

14 ޖަނަވަރީ 2019
ހޯދާ