މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
MBBS އާއި BDS ހެދުމަށް ބޭނުންވާ “Minimum Requirement for Entry into a basic Medical/Dental Programme” އަށް ބަދަލުގެނައުން

އިއުލާން

 

MBBS  އާއި BDS ހެދުމަށް ބޭނުންވާ “Minimum Requirement for Entry into a basic Medical/Dental Programme”    އަށް ބަދަލުގެނައުން

 

         MBBS  އަދި BDS ހެދުމަށް ބޭނުންވާ ތައުލީމީ ފާސްތަކުގެ ތެރޭގައި ހިމަނާފައިވާ ޕްރީމެޑިސިންގ ނުވަތަ އެފެންވަރުގެ ސެޓްފިކެޓްތައް ގަބޫލްކުރުން 14 ޖަނަވަރީ 2019 ވަނަ ދުވަހުން ފެށިގެން ވަނީ ހުއްޓާލާފައެވެ.

          ޕްރީމެޑިސިން ކޯހަކީ ޖީ.ސީ.އީ އޭލެވެލްގެ ބަދަލުގައި ހަދަމުން އަންނަ 1 (އެކެއް) އަހަރު ދުވަހުގެ ކޯހެކެވެ. ފާއިތުވި ދުވަސްތަކަށް ބަލާއިރު، މިފަދަ ކޯސްތައް، ބައެއް  ޤައުމުތަކުގައި ފަރުމާކުރެވިފައިވާ ގޮތުން ދަރިވަރުންގެ ތައުލީމީ ފެންވަރު ދަށްވަމުން ދާކަން ފާހަގަކުރެވެއެވެ. 1 (އެކެއް) އަހަރު ދުވަހުގެ ޕްރޮގްރާމްތަކުގެ ނަމުގައި 6 މަސްދުވަހުގެ ޕްރޮގްރާމްތައް ވެސް ހިންގާކަން ފާހަގަކުރެވެއެވެ. އެއް އަހަރު ދުވަހުގެ ޕްރީ މެޑިސިންގ ކޯހަކީ ދުނިޔޭގެ ގިނަ މެޑިކަލް ކައުންސިލްތަކުން ތަރުހީބު ދޭ ޕްރޮގްރާމްއެއް ނޫނެވެ.

           ވޭތުވެދިޔަ އަހަރު ތަކުގެ ތެރޭގައި ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ޕްރީ މެޑިސިން ކޯސްތަކެއް ރާއްޖެއިން ބޭރުގައި ހިންގަންވަނީ ފަށާފައެވެ. އެކޯސްތަކުން، ދިވެހި ދަރިވަރުންނަށް ނަފުސާނީ ގޮތުންނާއި އަދި މާލީގޮތުން ގެއްލުން ލިބޭކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން މިކައުންސިލަށް ލިބިފައިވާކަން ފާހަގަކުރަމެވެ.  ޖީ.ސީ.އީ އޭލެވެލްގެ ބަދަލުގައި، 1 އަހަރު ދުވަހުގެ ޕްރީ މެޑިސިންގ ޕްރޮގްރާމެއް ނިންމި ކަމުގައި ވިޔަސް، ދުނިޔޭގެ މަޝްހޫރު ގިނަ ޔުނިވާރސިޓީ ތަކުން، MBBS އަދި BDS  އަށް ވަނުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ނުވާކަން ވެސް ފާހަގަކުރަމެވެ.

           މިސަބަބުތަކަށްޓަކައި، ޕްރީ މެޑިސިން ޕްރޮގްރާމްތައް ގަބޫލުކުރުން ހުއްޓާލި ކަމުގައި ވިޔަސް، ތިރީގައި ބަޔާން ކޮށްފައިވާ ފަރާތްތައް އިސްތިސްނާ ކުރުމަށް ވަނީ ނިންމާފައެވެ.

  1. ޕްރީމެޑިސިން ހެދުމަށްފަހު މެޑިސިންގ/ޑެންޓިސްޓްރީ މިހާރު ކިޔަވަމުންދާ ފަރާތްތައް.
  2. 14 ޖަނަވަރީ 2019 މިތާރީހުގެ ކުރިން ޕްރީމެޑިސިން ނިންމާފައި، މެޑިކަލް/ޑެންޓަލް ކޮލެޖަކުން ޖާގަ ހޯދަމުންދާ ފަރާތްތައް.
  3. 14 ޖަނަވަރީ 2019 ގެ ކުރިން ޕްރީމެޑިސިން ހަދަމުންދާ ފަރާތްތައް.
  4. 2019 ވަނަ އަހަރުގެ ތެރޭގައި ހިންގާ ޕްރީމެޑިސިންގ ޕްރޮގްރާމަކުން، 14 ޖަނަވަރީ 2019 ވަނަ ދުވަހުގެ ކުރިން ޖާގަ ލިބި ފައިސާ ދައްކާފައިވާ ފަރާތްތައް.

ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

14 ޖަނަވަރީ 2019
ހޯދާ