ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގދ. ތިނަދޫ ޕްރީފެބްރިކޭޓެޑް ޕަވަރ ހައުސްގެ ޕޯރޓަލް ފްރޭމްގައި ޕްރޮޓެކްޓިވް ކޯޓިންގ ލުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

 

ނަންބަރު: FNK-I/IUL/2019/008  

 

އިޢުލާން

 

ގދ. ތިނަދޫ ޕްރީފެބްރިކޭޓެޑް ޕަވަރ ހައުސްގެ ޕޯރޓަލް ފްރޭމްގައި ޕްރޮޓެކްޓިވް ކޯޓިންގ ލުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

 

           މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ގދ. ތިނަދޫ ޕްރީފެބްރިކޭޓެޑް ޕަވަރ ހައުސްގެ ޕޯރޓަލް ފްރޭމްގައި ޕްރޮޓެކްޓިވް ކޯޓިންގ ލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޖެނުއަރީ 2019 ވާ ބްރާސްފަތި ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

                    07 ޖުމާދަލްއޫލާ 1440

 

 

            

                          

13 ޖަނަވަރީ 2019
ހޯދާ