މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި އުފެދޭ ކުނި ނައްތާލާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު ދިވެހިރާއްޖެ                             ނަމްބަރ: (IUL)331/331/2019/1

 

އިޢުލާން

 

ރަށުގައި އުފެދޭ ކުނި ނައްތާލާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

 

                    މި ރަށުގައި އުފެދޭ ދުވަހުން ދުވަހަށް ނައްތާލަން ބޭނުންވާ ކުނި ނައްތާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                    ވީމާ މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ޖެނުއަރީ 20 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލްގެ އިދާރާގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2019 ޖެނުއަރީ 28 ވަނަ ދުވަހުގެ ހެނދުނު 11:00 ށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަގު ބަޔާންކޮށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

                  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

10 ޖަނަވަރީ 2019
ހޯދާ