މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ރިސަރޗް އޮފިސަރ

އިޢުލާނު

މަޤާމް:

ރިސަރޗް އޮފިސަރ

މަޤާމުގެ ނަންބަރު:

J-303161

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ އަތޮޅު ކައުންސިލްގެ އިދާރާ / ށ ފުނަދޫ

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް 2:

މަހަކު -/700 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންބޭސްފަރުވާގެޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އަތޮޅުގެ ތަޢުލީމާއި ޞިއްޙީޙާލަތު ދެނެގަތުމަށްޓަކައި ބޭނުންވާ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުން 

2- އަތޮޅުގެ އާބާދީއާއި، ރަށާބެހޭމަޢޫލޫމާތު އަދި ބިންދޫކުރެވިފައިވާގޮތުގެ ތަފާސްހިސާބު އެއްކޮށްބެލެހެއްޓުން.

3- ކައުންސިލުން ހިންގާ އަދި ދައުލަތުން އަތޮޅުގައި ހިންގާ ޕްރޮޖެކްޓްތައް މޮނިޓަރކުރުން.

4- އަތޮޅުފެންވަރުގަ އާއި ރަށު ފެންވަރުގައި ހިންގޭ ތަރައްޤީގެ މަސައްކަތްތަކާއި ގުޅޭ  ދަފްތަރެއް އެކުލަވާލާ ބެލެހެއްޓުން

5- ރަށްރަށުގެ ތަރައްޤީއަށް ހިންގޭ އެކިއެކި ޕްރޮޖެކްޓްތައް މޮނިޓަރ ކޮށް ބެލެހެއްޓުން

6- އަތޮޅުގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ޓޫރިޒަމްފަދަ އިޤްތިޞާދީ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދިރާސާކޮށް މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން

7- ބިމާބެހޭ ޤާނޫނުގައިވާގޮތުގެމަތިން ރަށްރަށުގެ ބިމުގެ ބަޖެޓް ތައްޔާރުކުރުމުގެ އިދާރީ އެހީތެރިކަން ދިނުން

8- ލޭންޑް ސާރވޭކުރުމަށް ބޭނުންކުރާ އިކްވިޕްމަންޓްސް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

9- ރަށްރަށުގެ އެކިއެކި ބޭނުންތަކަށް ދޫކުރެވޭ ބިންތައް ސަރވޭކޮށް ފާހަގަ ކުރުމުގެ މަސައްކަތްކުރުން

10- އަތޮޅުގެ ރައްޔިތުންގެމެދުގައި ހުރި އިޖުތިމާޢީ ބޮޑެތިމައްސަލަތަކާއި، އެއްމަސަލަތައް ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށްޓަކައި ރިސާރޗް ކުރުން.

11- މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ޓޫރިޒަމްފަދަ މަސައްކަތްތަކުން އަތޮޅުގެ އިޤްތިޞާދަށްކުރާ އަސަރުތައް ދެނެގަތުމަށްޓަކައި ބޭނުންވާ ދިރާސާތައްކޮށް މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން 

12- އަތޮޅުގައިކުރާ އެކިއެކި މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ އަދި ކޮށްފާނެ އަސަރުތައް ދެނެގަތުމަށްޓަކައި ރިސާރޗްކުރުން.

13- އަތޮޅުގެ ތިމާވެއްޓާއި ހިމާޔަތްކުރެވިފައިވާ ތަކެތީގެ މައްސަލަތައް ލިޔެ ބެލެހެއްޓުން

14- އަތޮޅުކައުންސިލުގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތައް ބެލެހެއްޓުމުގެ މަސައްކަތްކުރުން

15- އަތޮޅުކައުންސިލުގެ މަސައްކަތު ތާވަލްގައި ހިމެނިގެން ޔުނިޓާއި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން

16- ޙަވާލުކުރެވޭ މަސައްކަތް ތަކުގެ ލިޔެކިއުންތައް މައްސަލަ ރަޖިސްޓްރީއަށް އެރުވުމާއި ، މައްސަލަ ރަޖިސްޓްރީ އަޕްޑޭޓްކުރުން  އަދި ނިމޭ މައްސަލަތައް ފައިލްކުރުން

17- މުޅިތަނަށްދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި،ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެންކަންތައްތައް ކުރުން

 މަޤާމުގެ ޝަރުޠުތައް:

އެޕްލައިޑް މެތަމެޓިކްސް ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް ، ރިސަރޗް ނުވަތަ ސްޓެޓިސްޓިކްސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 

   (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖެނުއަރީ 2019 ގެ 13:00 ގެ ކުރިން، ށ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ، 20 ޖެނުއަރީ 2019 އާއި 26 ޖެނުއަރީ 2019 އާ ދެމެދު، ށ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540025ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

09 ޖަނަވަރީ 2019
ހޯދާ