މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކެމިކަލް ހެލްތު ކްލިއަރެންސް އެޕްލިކޭޝަން ފޯރމްއާއި ގުޅޭ

އިޢުލާން

                                 

       ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަ ކުރުމުގެ ގޮތުންނާއި، ޚިދުމަތް އަވަސްކުރުމުގެ ގޮތުން، ރާއްޖެއަށް އެތެރެކުރާ ކެމިކަލްސް އަށް މި އޮތޯރިޓީއިން، ދެވޭ ހެލްތް ކްލިއަރޭންސް (ޢާއްމު ޞިއްޙަތަށް ނޭދެވޭ އަސަރު     ކޮށްފާނެ ކެމިކަލްސް އަށް ދެވޭ ހެލްތް ކްލިއަރޭންސް) ދޫކުރުމަށް ބޭނުންކުރާ އެޕްލިކޭޝަން ފޯރމު   “Application for Health Clearance For Chemicals of Public Health Significance”  އަށް އިސްލާހް ގެނެވިފައެވެ.  މިގޮތުން އިސްލާހުކުރެވިފައިވާ ފޯރމު މިހާރު ވަނީ މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓް www.health.gov.mv އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ވެބްސައިޓް www.mfda.gov.mv ގައި ޝާއިޢުކޮށްފައެވެ. އަދި މިގެނެވުނު އިސްލާހަށް އަމަލުކުރުން  15  ޖެނުއަރީ 2019 ގައި ފެށޭނެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

          އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް  މި އޮތޯރިޓީގެ ނަންބަރު 3014316 އާއި ގުޅުއްވުން އެދެމެވެ.

 

                .

                                          03 ޖުމާދަލްއޫލާ 1440

09 ޖަނަވަރީ 2019
ހޯދާ