މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، އެޕްލިކޭޝަން ޑިވެލޮޕްމަންޓް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

މި އޮތޯރިޓީއަށް ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ، އެޕްލިކޭޝަން ޑިވެލޮޕްމަންޓް (އޮފިސަރ، SO1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް:

އެޕްލިކޭޝަން ޑިވެލޮޕްމަންޓް ސެކްޝަން / އިންފޮމޭޝަން ޓެކްނޯލޮޖީ ޑިޕާޓްމަންޓް

 

އަސާސީ މުސާރަ:

މަހަކު 7,000/- ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 150/- ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް125/- ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 100/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 65/- ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮތޯރިޓީއަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ދެނެގަނެ، ހޯދައި ބެލެހެއްޓުމާއި އޮތޯރިޓީއަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ޑިވެލޮޕްކޮށް ބެލެހެއްޓުމާއި، އޮތޯރިޓީގެ އޮންލައިން ޕޯޓަލް ޑިވެލޮޕްކޮށް ބެލެހެއްޓުން

ޝަރުޠު:

އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން

 

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
  6. ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިގުރާރުވުން.

މިމަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

 

 ނޯޓް:

-  މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެމަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 17 ޖަނަވަރީ 2019 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

 

30 ރަބީޢުލްއާޚިރު 1440

 

06 ޖަނަވަރީ 2019
ހޯދާ