ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
މި ސްކޫލަށް ވަގުތީ އެޑްމިން އޮފިސަރެއް ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު:                                     

(އެކެއް)1

ބޭނުންވާ ޢަދަދު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު :

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު

ވަޒީފާ އަދާކުރަންޖެހޭ ރަށް:

ވަށަފަރު ސްކޫލް

އޮފީސް :

މަހަކު -/1500

ސާރވިސް އެލަވަންސް:

 =/4465

މުސާރަ:

ޖީއެސް 3 (އޮފިސަރ ގްރޭޑް 1)

ރޭންކް އަދި ކްލެސިފިކޭޝަން:

03 މަސް

މުއްދަތު:

ވަގުތީ

މަޤާމުގެ ގިންތި:

އިދާރީ

ސެކްޝަން:

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު 

 

 

 

 

  1. އޮފީހުން އެކުލަވައިލާ ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
  2. ސްކޫލަށް ލިޔެކިޔުމުގެ ގޮތުގައިލިބޭ އެންމެހާތަކެތި އެންޓްރީކޮށް ދުވަހުން ދުވަހަށް އިސްވެރިޔާއަށް ހުށައެޅުން.
  3. ޕްރިޕެކްޓް ބޯޑްގެ އިދާރީ މަސައްކަތް ކުރުން.
  4. ބޭރު ޓީޗަރުންނާއި ގުޅުންހުރި މަސައްކަތް ކުރުން.
  5. އިންވެންޓްރީ ބެލެހެއްޓުން.
  6. ސެކްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބު ދާރީވުން.
  7. ސާރވާއަށް ދިމާވެފައިވާ މައްސަލަތައްބަލައި ހައްލުކުރުން.
  8.  ސްކޫލުގައި ދިމާވާ ބޮޑެތި ކަންތައްތަކާއި މަސައްކަތް ތަކުގައި އަދި ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން .
  9. މީގެ އިތުރުން، މަދަރުސާއިން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް، އެހެން ނަމަވެސް ޙާލަތު ނިޔާކުރާގޮތުން މަދަރުސާއިން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، މަދަރުސާގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި މަދަރުސާއިން ހަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން.

 

 

މަޤާމުގެ ޝަރުޠު:

މަޤާމް

ރޭންކް

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

GS 3

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖެމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަހަކު -/4،465 ރުފިޔާ

މަހަކު -/1،500 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

 - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މެރިޓް ޢުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް.
  2. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް.            

އިންޓަވިއު ކުރުން:

ހ.  އިއުލާންގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 03 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނި، މިސްކޫލްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލްގެ ރިޝެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

 

  1. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  2. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

( މި ސްކޫލްގެ ވަޒީފާގައި ހުރި މީހަކު މި ވަޒީފާއަށް ކުރިމަތި ލައްވާނަމަ، ވަޒީފާއަށް އެދޭ ފޯމް ފިޔަވައި އެހެން ލިޔެކިޔުންތައް ހުށައަޅުއްވާކަށް ނުޖެހޭނެއެވެ. )

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލްގެ ރިސެޕްޝަނަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2019 ޖަނަވަރި 10  ވާ ބުރާސަފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިއެވެ. ވީމާ،  މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު 2019 ޖަނަވަރީ 10  ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން  މި ސްކޫލަށް ހުށައެޅުއްވުން އެދެމެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. އަދި މަސައްކަތުގެ ފެންވަރަށްބަލައި އިތުރު އިޢުލާނަކާއިނުލައި ކޮންޓްރެކްޓް އައުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީގަޑީގައި މި ސްކޫލްގެ  6500538ނަންބަރުފޯނަށް ގުޅުއްވުން އެދެމެވެ. 

03 ޖަނަވަރީ 2019
ހޯދާ