މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އެމް.ބީ.އޭ 3x3 ޓޯނަމަންޓް 2019 – (ސީނިއަރ މެންސް/ސީނިއަރ ވިމެންސް)

     މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 17 ޖެނުއަރީ 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ  އެމް.ބީ.އޭ 3x3 ޓޯނަމަންޓް 2019 – (ސީނިއަރ މެންސް/ސީނިއަރ ވިމެންސް)ގެ އަންހެން އަދި ފިރިހެން ކެޓަގަރީގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން މުބާރާތުގެ ޓީމްލިސްޓް ފޯމް ފުރިހަމަކޮށް މުބާރާތުގެ ފީ (-/250ރ) އާއެކު 13 ޖެނުއަރީ 2019 ވާ އަދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންއަށް ހުށަހެޅުއްވުން އެދެމެވެ.

މުބާރާތު މުހިންމު ބައެއް ޤަވާއިދުތައް.

  • މުބާރާތުގެ ބައިވެރިވުމުގެ ފީ -/250 ރުފިޔާ.
  • ފިރިހެން ކެޓަގަރީ –1 ވަނަ ޑިވިޝަން ކުޅުންތެރިން ޓީމެއްގައި ގިނަވެގެން ހިމެނޭނީ 2 ކުޅުންތެރިން.
  • އަންހެން ކެޓަގަރީ – ހުރިހާ ކުޅުންތެރިންނައް ހުޅުވާލެވިފައި.
  • މުބާރާތުގައި ބައިވެރިވެވޭނީ ދިވެހިންނައް އެކެނި.
  • މުބާރާތުގެ ކޮންމެ ކެޓަގަރީއެއްގެސް ޗެމްޕިއަން ޓީމަށް -/5000ރ ގެ އިނާމް ފައިސާ
  • ޓީމްތަކުގައި ހިމަނާ ކުޅުންތެރިން ވާންވާނީ 3x3 ޕްލެނެޓްގައި (https://play.fiba3x3.com) ރެޖިސްޓަރ ކުރެވިފައިވާ ކުޅުންތެރިންނަށް ވުން.

 

ނޯޓް: މިމުބާރާތުގެ ޤަވާއިދާއި އިތުރު މަޢުލާމާތު މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.

03 ޖަނަވަރީ 2019
ހޯދާ