ދިވެހިރާއްޖެ
ޑްރަގް ކޯޓުގައި ކުލަލާނެ ފަރާތެއް ހޯދުމާބެހޭ
ޑްރަގް ކޯޓް ހިންގަމުންދާ އިމާރާތުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ޑްރަގް ކޯޓުގެ ނަންބަރު IUL435/A/2018/05 ޢިއުލާނުގެ މަޢުލޫމާތު ޝީޓުގައި މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވިފައިވާތީ، އެޢިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްކުރުމަށްފަހު އަލުން މިމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރަމެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބިވަޑައިގަންނަވާނެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޖެނުއަރީ 07 ވާ ހޯމަ ދުވަހުގެ 11:00 އަށް ޑްރަގް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖެނުއަރީ 10 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށް ޑްރަގް ކޯޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ރަބިއުލްއާޚިރު 1440