ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް

މަޤާމު:

ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް

ރޭންކު:

CSC4-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. ޕްރޮފެޝަނަލްސް

ސެކްޝަން/ޔުނިޓް:

ކޯޕަރޭޓް ސަރވިސަސް/ ކޮމިޝަނަރސް ބިއުރޯ

ޔުނިޓުގެ މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސް ކޮމިޝަނުގެ ޕަބްލިކް ރިލޭޝަންސް އާ ގުޅުންހުރި އެންމެހާ މަސައްކަތްތައް

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2203.25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

ޕަބްލިކް ރިލޭޝަންސް، މީޑިއާ ނުވަތަ ކޮމިއުނިކޭޝަންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސިވިލް ސަރވިސްގެ ތަސައްވަރު ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ރާވައި ހިންގުން.
  2. މީސްމީޑިއާއަށް ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދޭންޖެހޭ ޚަބަރާއި މަޢުލޫމާތު އަދި ނޫސްބަޔާން ފަދަ ތަކެތި ތައްޔާރުކޮށް އާންމުކުރުން.
  3. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާގުޅޭ ގޮތުން އާންމުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަޢުލޫމާތު ފޯރުކޮށްދީ އަދި ހޭލުންތެރިކުރުވުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
  4. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގައިވާ މަޢްލޫމާތުތައް ދުވަހުން ދުވަހަށް ބަލައި، އަދާހަމަކުރަންޖެހޭ މަޢްލޫމާތުތައް ކަމާބެހޭ ސެކްޝަންތަކުން ނުވަތަ މުވައްޒަފުން މެދުވެރިކޮށް ހޯދައި ދުވަހުން ދުވަހަށް މަޢްލޫމާތުތައް އަދާހަމަކުރުން.
  5. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓަކީ ބޭނުންތެރި މަޢުލޫމާތު ހިމެނޭ ވެބްސައިޓަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ގެންނަންޖެހޭ ބަދަލުތައް ކަމާބެހޭ މުވައްޒަފުންނާގުޅިގެން ގެނައުން އަދި ވެބްސައިޓަކީ ޒަމާނީ، ޔޫސަރ ފްރެންޑްލީ އެއްޗަކަށް ހެދުން.
  6. ކޮމިޝަނުން ޝާއިޢުކުރަންޖެހޭ ފޮތްތަކާއި އެހެނިހެން ލިޔެކިޔުންތައް ކަމާބެހޭ މުވައްޒަފުންނާ ގުޅިގެން ހޯދައި، އެތަކެތީގެ ލޭއައުޓް ތައްޔާރުކޮށް ޝާއިޢުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  7. ސިވިލް  ސަރވިސް ކޮމިޝަނުގެ އިދާރާއިން ރައްޔިތުންނަށްދޭ ޚިދްމަތްތަކުގެ ފެންވަރުމަތިކޮށް ޒަމާނީ އުސޫލުތަކާއެއްގޮތަށް ދިނުމާގުޅޭގޮތުން ޕަބްލިކް ރިލޭޝަންސް ކެމްޕޭންތައް ފަރުމާކޮށް އެކަންކަން ހިންގައި ބެލެހެއްޓުން.
  8. ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ކޮމިޝަނުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރުން. އަދި، އެމަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާއި އިންތިޒާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ހަމަޖެހިފައިވާ އުސޫލުން ގެނެސް، އެކަންކަން ޤާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަވެ، ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މަޢުލޫމާތު ފޯރުވައިދެވޭކަން ކަށަވަރުކުރުން.
  9. އާންމު ރައްޔިތުން ސިޓީއާއި ފޯނު އަދި އީމެއިލްގެ ޒަރީއާއިން ކޮމިޝަނުގެ ފަރާތުން ހޯދުމަށް އެދޭ އާއްމު މަޢުލޫމާތުތައް ކަމާބެހޭ ސެކްޝަންތަކުން ހޯދައި ފޯރުކޮށްދިނުން.
  10. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ޓީވީތަކުން އިދާރާގެ މުވައްޒަފުންނާބެހޭ މައުލޫމާތާއި އިދާރާއިން މުވައްޒަފުންނަށް ދޭން ބޭނުންވާ ތަފާތު މެސެޖްތަކާއި މަޢުލޫމާތާއި އެހެނިހެން އާންމު މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށް ހިންގައި ބެލެހެއްޓުން.
  11. ހަވާލުކުރެވިފައިވާ މަސައްކަތްތަކާގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތަކުގައި އެހީތެރިވުން.
  12. ކޯޕަރޭޓް ސަރވިސްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން.
  13. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

13 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހެންވޭރު، މަޖީދީ މަގު، މާލެ 20040)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: 30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: 55)
    • އެޕްޓިޓުއުޑް ޓެސްޓް - (ކަނޑައެޅިފައިވާ އިން ސައްތަ 10) 
    • ޕްރެކްޓިކަލްސް - (ކަނޑައެޅިފައިވާ އިން ސައްތަ 10)
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން -(ކަނޑައެޅިފައިވާ އިން ސައްތަ 35)

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލްކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2019 ޖަނަވަރީ 14 އާއި ޖަނަވަރީ 28 އާ  ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހެންވޭރު، މަޖީދީ މަގު، މާލެ 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307307 ނުވަތަ 3307306 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

27 ރަބީޢުލްއައްވަލް 1440ހ

03 ޖަނަވަރީ 2019
ހޯދާ