ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
250 ކިލޯ ވޯޓްގެ ޖަނަރޭޓަރ ސެޓެއް ގަތުމާއި ގުޅޭ:

ނަންބަރ:FNK-I/IUL/2019/001

 

އިޢުލާން

 

250 ކިލޯ ވޯޓްގެ ޖަނަރޭޓަރ ސެޓެއް ގަތުމާއި ގުޅޭ:

މިކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް 250 ކިލޯ ވޯޓްގެ 01 (އެކެއް) ޖަނެރޭޓަރ ސެޓް ގަންނަން ބޭނުންވެއެވެ. މިކަމާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި 06 ޖަނަވަރީ 2019 އިން 08 ޖަނަވަރީ 2019 އަށް މިކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)ގެ ކައުންޓަރުން މަޢުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 09 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޒިރުގައެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

                 27 ރަބީއުލް ޢާހިރު 1440

                 03 ޖަނަވަރީ 2019

03 ޖަނަވަރީ 2019
ހޯދާ