މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
27 ވަނަ އެމް.ބީ.އޭ ޗެމްޕިއަންޝިޕް 2019

 

     މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 10 ފެބްރުއަރީ 2019 ގައި ފެށުމަށް ހަމަޖެހިފައިވާ 27 ވަނަ އެމް.ބީ.އޭ ޗެމްޕިއަންޝިޕް 2019 ގެ އަންހެން އަދި ފިރިހެން ޑިވިޝަންގައި ބައިވެރިވުމަށް ބޭނުންވާ ކްލަބް ޖަމްއިއްޔާތަކުން 27 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން އެންގެވުން އެދެމެވެ. އަދި 3 ފެބްރުއަރީ 2019 ވާ އަދިއްތަ ދުވަހުގެ 11:00 ގެ ކުރިން ޓީމްލިސްޓްގެ ސޮފްޓް [email protected] އަށް މެއިލްކޮށް، ޓީމްލިސްޓްގެ އަސްލު ހުށަހެޅުމަށް ހަމަ އެދުވަހުގެ 14:00 އަށް ބައިވެރިވި ކްލަބްގެ މެނޭޖަރ މިއެސޯސިއޭޝަންއަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މަތީގައި ދެންނެވިފައިވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި 27 ޖެނުއަރީ 2019 ކުރިން ރަޖިސްޓްރީވެ މި އެސޯސިއޭޝަންގެ މެމްބަރޝިޕް ލިބިފައިވާ ކްލަބް ޖަމްއިއްޔާތަކަށެވެ. އަދި މިމުބާރާތުގެ ޤަވާއިދާއި އިތުރު މަޢުލާމާތު މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.

03 ޖަނަވަރީ 2019
ހޯދާ