އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
05 އަހަރުދުވަހުގެ މުއްދަތަށް ލޭބަރުން ރެކްރޫޓްކޮށްދޭނެ ފަރާތެއް ހޯދުން:

މި ރަށުގެ އިޖުތިމާއީ ސަރަޙައްދުތަކާއި، ގަބުރުސްތާނު ސާފުކޮށްބެލެހެއްޓުމާއި މި ރަށުގެ ކުނިގޮނޑު ބެލެހެއްޓުމަށް ބޭނުންވާ ލޭބަރުންނާއި ޑްރައިވަރުން ރެކްރޫޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، މި ކައުންސިލަށް 05 އަހަރުދުވަހުގެ މުއްދަތަށް ލޭބަރުން ރެކްރޫޓްކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކުން 2019 ޖެނުއަރީ 13 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 ޖެނުއަރީ 17 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް އަންދާސީ ހުސާބު ހުށަހެޅުން އެދެމެވެ.

            މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހަޅަން ޙާޟިރުވާންވާނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ރެކްރޫޓް އެޖެންސީތަކުން އެކަންޏޭވެ. އަދި، މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހަޅަން ޙާޟިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެއެވެ.

03 ޖަނަވަރީ 2019
ހޯދާ