މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބިދޭސީ މުވައްޒަފުން ރެކްރޫޓް ކޮށްދޭނެ އެޖެންސީ އެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ އަށް ބިދޭސީ މުވައްޒަފުން ރެކްރޫޓްކޮށްދޭނެ އެޖެންސީއެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ  500.00 ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 03 ޖަނަވަރީ 2019 އިން 08 ޖަނަވަރީ 2019 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމަރ ސާވިސްބިލްޑިންގ، އަމީނީމަގ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 09 ޖަނަވަރީ 2019 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ޖަނަވަރީ 2019 ވާ ދުވަހު 10:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 16 ޖަނަވަރީ 2019 ވާ ދުވަހު 11:00 އެވެ.

 

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

02 ޖަނަވަރީ 2019
ހޯދާ