މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭވަށު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

ވޭވަށު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާއިބެހޭ

2019 ވަނަ އަހަރުން ފެށިގެން ކުރިޔަށްއޮތް ފަސްއަހަރަށް ވޭވަށު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާފަ ރާތްތަކަކުން 10 ޖެނުއަރީ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޖެނުއަރީ 2019 ވަނަ ދުވަހުގެ 14:00 ގެކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ސެކިއުރިޓި ބެލެހެއްޓުމަށް ބޭނުންވާގޮތް:

2019 ވަނަ އަހަރުން ފެށިގެން ކުރިޔަށްއޮތް ފަސްއަހަރުދުވަހަށް މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވަނީ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ކެމެރާ އާއި އެލާމް ސިސްޓްމްގެ އެހީގައެވެ.

މަޢުލޫމާތު ސާފުކުރުން:

މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30 އިން ފެށިގެން މެދުރުފަހު 14:00 ގެ ނިޔަލަށެވެ. މަޢުލޫމާތު ސާފުކުރުމުގައި ވޭވަށު ކައުންސިލް އިދާރާއަށް ދެރުވުމުން އެފަރާތަކުން ބޭނުންވާ މަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ. މީގެ އިތުރުން ވޭވަށު ކައުންސިލް އިދާރާގެ ނަމްބަރ 6720035 ނަމްބަރ ފޯނާއި 7595939 އާއި ގުޅުއްވުމުންވެސް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުން

ޕޮއިންޓް ދިނުމުގައި ބަލާނީ ހުށަހެޅި އަގަށް، ހުށަހެޅުމަށް (ޕްރަޕޯސަލް)، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް، ތަޖުރިބާއަށެވެ. (ތަޖުރިބާ: ކުރިން އެއްވެސް އިދާރާއެއްގެ ސެކިއުރިޓީ ބަލަހައްޓާފައިވާ ފަރާތެއް ނަމަ ޢަމަލުކޮށްފައިވާ ގޮތަށް ބަލައި ޕޮއިންޓް އިތުރުކޮށް މަދުކުރެވޭނެވެ.) ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ފަހު ޕްރަޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރޭގައި ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް، ތިންފަރާތަށްވުރެ މަދުނަމަ އަމިއްލަގޮތުން ހުށަހަޅާފައިވާ ފަރާތްތަކެއްވާނަމަ އެފަރާތްތަކަށް ފުރުޞަޠުދިނުމުގެ އިޙުތިޔާރު މިކައުންސިލަށް ލިބިގެން ވެއެވެ. ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްގެ ގޮތުގައި ބެލެވޭނީ ރަޖިސްޓްރީ ސެޓްފިކެޓް ހުށަހަޅާފައި ވާނަމައެވެ. އަދި އެހެނިހެން ޕޮއިންޓްތައް ދިނުމުގައިވެސް ބަލާނީ ހުށަހެޅިފައިވާ ލިޔެކިޔުމަށެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

 

(ހުށަހެޅޭ އެންމެދަށް އަގު / ހުށަހެޅި އަގު) × ކަނޑައޅިފައިވާ އިންސައްތަ

 

v     ހިދުމަތުގެ އަގަށްދޭ މާކްސް

v     މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

60%

އަގު

 

(ތަޖުރިބާގެ އަހަރު / ތަޖުރިބާގެ ގޮތުގައިހުށަހެޅި އެންމެ ގިނަ އަހަރު) × ކަނޑައެޅިފައިވާ އިންސައްތަ

 

v     ސެކިއުރިޓީ ޚިދުމަތް ދިން މުއްދަތު (އަހަރު)

v     މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ސެކިއުރިޓީ ދިނުމުމުގައި އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

v     މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ސެކިއުރިޓީ ޚިދުމަތް އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަކަށެވެ. (މިކަމުގައި ސެކިއުރިޓީގެ ހިދުމަތްދިނުމަށް ހާއްޞަކުރެވިގެން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް އިސްކަން ދެވޭނެއެވެ. އަދި އެންމެ ގިނަދުވަސްވާފަރާތް ކަނޑައަލާނީ ހުށަހަޅާފައިވާ ރަޖިސްޓްރީގެ ރަޖިސްޓްރީ ކޮށްދިން މުއްދަތަށް ބަލައިގެންނެވެ.)

5%

ތަޖުރިބާ

ހުށަހެޅުމަށް ލިބުނު މާރކްސް / އެންމެ ރަގަނޅު ހުށަހެޅުމަށް ލިބުނު މާރކްސް) × ކަނޑައެޅިފައިވާ އިންސައްތަ

 

v      މި މިއިދާޜާގެ ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމާ އެންމެ ރަނގަޅު ޕްރޮޕޯސަލް

v     މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމަވާ އެންމެ ރަނގަޅު ޕްރޮޕޯސަލް އަށެވެ.

30%

ޕްރޮޕޯސަލް

ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ވާނަމަ ކޮންމެ ފަރާތަކަށްވެސް ފަސްޕޮއިންޓް ދެވޭނެއެވެ.

v     ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށް ޕޮއިންޓްދެވޭނީ، ކޮމްޕެނީގެ/ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅުއްވާފައި ވާނަމައެވެ. އެގޮތުން ރަޖިސްޓްރީ ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ޕޮއިންޓް ދެވޭނީ ޤާނޫނު ނަންބަރ: 18/2014 ގައިވާ ގޮތުގެމަތީން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

05%

ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް

 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

02 ޖަނަވަރީ 2019
ހޯދާ