ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ ޕްރީސްކޫލްގައި ( ނާސަރީ އަދި ބޭބީ ނާސަރީ ) އަށް ކިޔަވައިދިނުން އަލުން ފެށުން

1 އަހަރު ދުވަހުގެ މެދުކެޑުމަކަށްފަހު އަމިއްލަ ފަރާތްތެއްގެ ދީލަތީ އެހީގެ ދަށުން ބަނޑިދޫ ޕްރީސްކޫލްގައި ނާސަރީ އަދި ބޭބީ ނާސަރީ ދަރިވަރުންނަށް ކިޔަވައިދިނުން މި ފެށޭ 2019 ވަނަ އަހަރު ކުރިޔަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ދަރިވަރުންގެ އަތުން ފީ ނުނަގާ ގޮތަށްވެސް ވަނީ ނިންމާފައެވެ.

         2019 ވަނަ އަހަރު ބަނޑިދޫ ޕްރީސްކޫލަށް ދަރިވަރުން ވައްދަން އެދޭ ފޯމް 2 ޖެނުއަރީ 2019 ން ފެށިގެން ބަންދޫނޫން ކޮންމެ ދުވަހަކު 9:00 ން ފެށިގެން 12:00 އަށް މިއިދާރާގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 12:00 ން 14:00 އަށް މިއިދާރާގައެވެ.

         ފޯމް ބަލައިގަތުމަށް ފަހު 2019 ވަނަ އަހަރަށް ބޭނުންވާ ތަކެތީގެ ލިސްޓް (ފޮތްލިސްޓް) ދޫކުރާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

31 ޑިސެންބަރު 2018
ހޯދާ