ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނަންބަރު: GS-119/2018/40

 

އިޢުލާން

މިސްކޫލަށް 3 ސެކިއުރިޓީ އޮފިސަރުންހޯދުމަށް  19 ނޮވެމްބަރ 2018  ގައިކުރި (ނަންބަރު: GS-119/2018/36) އިޢުލާނާއިގުޅިގެން ކުރިމަތިލީފަރާތްތަކުގެމެދުގަ އިންޓަވިއުބާއްވަން ކަނޑައެޅިތާރީޚުގައި ދިމާވިސަބަބަކާއިހުރެ އިންޓަވިއު ބޭއްވިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.

އިޢުލާނު

މަޤާމް:                     ސެކއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:               3

މަޤާމްގެ ގިންތި:               ވަގުތީ (ކޮންޓްރެކްޓް)

މަޤާމްގެ ރޭންކް:               އެސް.އެސް: 1

މަޤާމްގެ ކްލެސިފިކޭޝަން:         ވޮޗަރ ވޮޗަރ ގްރޭޑް: 1  

ވަޒީފާ އަދާކުރަންޖެހޭ ތަން:         ލަންދޫ ސްކޫލް / ނ.ލަންދޫ

މުސާރަ:                      -/4,000 ރ.

 

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  • ޤާނޫނާއި ޤަވާއިދާއެއްގޮތައް ތިމާގެ ޤާބިލްކަން ތަންދޭ އެންމެފުރިހަމަޔަކަށް ސްކޫލުގެ ގޯތިތެރެއާއި އެންމެހާ ޢިމާރާތްތަކާއި، ޢިމާރާތްތަކުގައިވާ ތަކެއްޗާއި، ގޯތިވަށައިގެންވާ ގޯޅިތަކާއި މަގުތަކުގެ  ސިކިއުރިޓީ (ސްކޫލުން ކަނޑައަޅާގޮތެއްގެމަތީން) ބެލެހެއްޓުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  • ވަޒީފާއާއި ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.

މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:         

  • ލިޔަންކިޔަންދަތުމާއިއެކު ، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން.

ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލްސަރވީސްގެ ވަޒީފާއަށްއެދޭފޯމު (މިފޯމް ސިވިލްސަރވީސް ކޮމިޝަނުގެ ވެބުސައިޓު (www.csc.gov.mv) އިންނާއި  މިސްކޫލުގެ ވެބުސައިޓު (www.landhooschool.com) އިން ޑައުންލޯޑްކޮށްގެނާއި މިސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ.  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސެޓުފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުދާއިރާއާއިގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓުފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްކޮޕީ.   
  3. މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއަށްސަސާއެއްގައި ނުވަތަ ސަރުކާރު ހިތްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެމުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ ޢަދަދުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސްޗެކްފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާޤަވާޢިދުތަކާއި ޢުސޫލުތަކާއިއެއްގޮތަށް މީހަކުހޮވުމަށް ބަލާނެކަންތައްތައް މިސްކޫލުގެވެބުސައިޓުން ލިބެންހުނަނާނެ.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13/1/2019 ވާ އާދިއްތަ ދުވަހުގެ 14.00 ގެ ކުރިން، ލަންދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: ([email protected])  މެދުވެރިކޮށްވެސް އަދި ފެކްސް: (6560617)  މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑިހަމަވުމުގެކުރިން ސަރުކާރު އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭފޯމް ބަލައިގަނެވޭނެއެވެ.  

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  (13/1/2019 )  އާއި (17/1/2019)   އާ ދެމެދު، (ލަންދޫސްކޫލް މީޓިންގރޫމް) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:      

 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.       

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6560576) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، (6560617) އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

 

 

                ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24  ރަބީއުލްއާޚިރާ  1440

31  ޑިސެމްބަރ   2018

31 ޑިސެންބަރު 2018
ހޯދާ