މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ނަމްބަރު:IUL)297/INDIV/2017/59)

 

އިޢުލާން

މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ނ.ވެލިދޫ ބަނދަރު ސަރަޙައްދުގައި ބެހެއްޓުމަށްޓަކައި 18 އައުޓްޑޯ ސިމެންތި، ގްރަނައިޓް ނުވަތަ ސިމެންތި އާއި ގްރަނައިޓް ބޭނުންކޮށްގެން ހަދާފައިހުންނަ ލެނގޭ ބަޔާއެކު ހުންނަ ގޮނޑި ހޯދުމަށްވަނީ ބޭނުންވެފައެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

2019 ޖެނުއަރީ 6   ވާ އާދިއްތަ  ދުވަހުގެ 10:00 ގައި

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ކެނޑުން

2019 ޖެނުއަރީ 13   ވާ އާދިއްތަ ދުވަހުގެ 10:30 ގައި

 

މިކަމަށް ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

  •   ހިދުމަތުގެ އަގަށްދޭ މާކްސް
  •   މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  •  މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  •    މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  •  މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

މުއްދަތު

10%

  •  މި ބައިގަމާކްސްދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑައަގު ހުށަހަޅާ ތަރުތީބުންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތްކޮށް ނިންމުމަށް އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

 

 

 

 

31 ޑިސެންބަރު 2018
ހޯދާ