މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

 

 

              އިޢުލާނު

މަޤާމް:                    ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރު:                  J-295061    

ބޭނުންވާ އަދަދު:                 01 ( އެކެއް(

މަޤާމުގެ ގިންތި:                  ދާއިމީ

މަޤާމުގެ ރޭންކް:                  އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:            ޓެކްނިކަލްއޮފިސަރގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:         މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ

މުސާރަ:                       މަހަކު -/5610 ރުފިޔާ

ސަރވިސް އެލެވަންސް:             މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް             : ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700 ރުފިޔާ

                      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އާއި އަދި އިތުރުގަޑީގައި  މަސައްކަތްކޮށްފިނަމަ، ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  

1-    އިދާރާއިން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި މަސައްކަތްތަކާއި، އެހެނިހެން ކަންކަން ޕްލޭން ކުރުމުގައި އިސްވެ ހަރަކާތްތެރިވުމާއިއެކު އެފަދަ ކަންކަން ޕްލޭންކުރުމުގައި ރައްޔިތުންނަށާއި، އިދާރާއަށް އޭގެ ފައިދާ އެންމެ ފުރިހަމައަށް ލިބޭގޮތަށް ކަންކަން ރާވާ ހިންގުން.

2-    ޕްލޭނިންގ އޮފިސަރެއްގެ ހައިސިއްޔަތުން އިދާރާގެ ކަންކަން ޕްލޭންކުރުމުގައި އެފަދަ ޕްލޭންތަކުން ރައްޔިތުންނަށް ނުވަތަ އިދާރާއަށް އޭގެ ސަބަބުން ގެއްލުމެއް ލިބިދާނެ އެއްވެސްކަމެއް ޕްލޭންކުރުމުގެ ތެރޭގައި ހިމެނިފައިވޭތޯ ރަނގަޅަށް ބަލާ އެފަދަ ކަމެއް ހިމެނިފައިވާނަމަ އިދާރާ ހިންގުމާ ހުންނެވި އިސްފަރާތަކަށް އެންގުމާއިއެކު އެކަން އިސްލާހްކުރުމަށް މަސައްކަތްކުރުން.

3-    ކައުންސިލް އިދާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ ޕްލޭންތައް ތައްޔާރުކޮށް ހިންގުން.

4-    ކައުންސިލުން ހިންގުމަށް ރާވާ އެކިއެކި މަޝްރޫއުތަކާއި ޕްލޭންތައް ރޭވުމާއި އެކަމަށް ބޭނުންވާ ޕްރޮޕޯސަލްތައް ތައްޔާރުކުރުން. 

5-     ކައުންސިލްގެ ވާރކްޕްލޭން ތައްޔާރުކުރުމާއި ކައުންސިލްގެ ވާރކް ޕްލޭންގައި ހިމަނާފައިވާ ޕްރޮގްރާމްތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުން.

6-    ސަރުކާރުން ހިންގާ ބިންހިއްކުން، ބަނދަރުހެދުން، ގިރާސަރަހައްދު ޙިމާޔަތްކުރުން، ގެދޮރު އިމާރާތްކުރުން ފެނާއި ނަރުދަމާގެ މަޝްރޫޢުތައްފަދަ، ކަންކަން ތަންފީޒުކުރުމުގައި މަސައްކަތްކުރާ އިންޖިނޭރުން ނުވަތަ ޕްރޮޖެކްޓް މެނޭޖަރުންނަށް ބޭނުންވާ އެހީތެރިކަން ދިނުން.

7-    ރަށުގެ ލޭންޑްޔޫސް ޕްލޭނާއި، ރަށުގެ ތަރައްޤީ ޕްލޭނާއި މިނޫނަސް ކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ އެންމެހައި ޕްލޭންތައް ތައްޔާރުކުރުމާއި، ޕްލޭންތަކަށް އަންނަ ބަދަލުތައް އަފްޑޭޓްކޮށް ބެލެހެއްޓުން.

8-    ބޯހިމެނުންފަދަ ޕްލޭނިންގާއި ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި، ރަށުގައި އުޅޭ ބިދޭސީންގެ ރަޖިސްޓްރީއާއި މިނޫނަސް ތަފާސް ހިސާބާއި ގުޅިގެން ދަފްތަރުކޮށް ބަލަހައްޓަންޖެހޭ ރަޖިސްޓްރީތައް ބެލެހެއްޓުން.

9-    ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ރަށުގެ ފަޅާއި ޤުދުރަތީ ވަޞީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭގޮތަށް ޕްލޭންކުރުން.

10-                    ރަށުގެ މަގުތައް ހެދުމާއި ރަށުގެ ބަނދަރާއި ފާލަމާއި، ފެރީޓާމިނަލްގެ ޕްލޭން ހެދުން.

ކުނިނައްތާލުމުގެ ޕްލޭންހެދުން. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ރައްގިރުން ހުއްޓުވުމަށާއި ރަށުގެ އެއްގަމު ތޮއްޓާއި ކަނޑުތޮށި މަރާމާތްކުރުމަށް ޕްލޭންތައް ހެދުން.

މަޤާމުގެ ޝަރުޠުތައް:               މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު(މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

)ހ)ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • އިންޓަރވިއު
  • ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު

ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:      މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖެނުއަރި 2019 ވާ އާދިއްތަ ދުވަހުގެގެ 12:00 ގެ ކުރިން މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއ އޮންނާނެ ތަނާއި، މުއްދަތު:   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ17 ޖެނުއަރީ 2019 އާއި 24 ޖެނުއަރީ 2019 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާގައެވެ.

 

 

ޝޯޓް ލިސްޓްކުރުން: 

މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

    މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540027 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                          24 ރަބީއުލްއާހިރު 1440

                           31 ޑިސެމްބަރ 2018

 

31 ޑިސެންބަރު 2018
ހޯދާ