ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެބްސައިޓް މަރާމާތުކޮށް ރީޑިޒައިން ކޮށްދޭނެފަރާތެއް ހޯދުމާއިގުޅޭ:

ނަންބަރު: FNK-I/IUL/2018/131  

 

އިޢުލާން

ވެބްސައިޓް މަރާމާތުކޮށް ރީޑިޒައިން  ކޮށްދޭނެފަރާތެއް ހޯދުމާއިގުޅޭ:

 

           މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކުންފުނީގެ ވެބްސައިޓް މަރާމާތުކޮށް ރީޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖަނައަރީ 2019 ވާ ހޯމަ  ދުވަހުގެ 11:30 އަށް މި ކުންފުނީގެ ހެޑް އޮފީހަށް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 

             24 ރަބީއުލް ޢާހިރު 1440

             31 ޑިސެމްބަރ 2018

31 ޑިސެންބަރު 2018
ހޯދާ