ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
04 މެގަވޯޓްގެ ޖަނަރޭޓަރ ސެޓެއްގަތުމާއި ގުޅޭ:

ނަންބަރ:FNK-I/IUL/2019/132

އިޢުލާން

04 މެގަވޯޓްގެ ޖަނަރޭޓަރ ސެޓެއްގަތުމާއި ގުޅޭ:

މިކުންފުންޏަށް 04 މެގަވޯޓްގެ ޖަނަރޭޓަރ ސެޓެއް ގައްނަން ބޭނުންވެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ހިމެނޭ ބިޑް ޑޮކިއުމަންޓަކީ ވިއްކާ ގޮތަށް ހަމަޖެހިފައިވާ ޑޮކިއުމަންޓެއް ކަމުގައި ދަންނަވަމެވެ.

·         ބިޑް ޑޮކިއުމަންޓްގެ އަގު:100.00 ޔޫ.އެސް.ޑޮލަރު (ސަތޭކަ ޑޮލަރު) ނުވަތަ އެޢަދަދަށްވާ ދިވެހި ފައިސާ (ނޮން ރިފަންޑަބަލް)

·          ބިޑް ޑޮކިއުމަންޓް ވިއްކާ މުއްދަތު: 02 ޖަނަވަރީ 2019 އިން 15 ޖަނަވަރީ 2019 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހުގެ 14:30 އަށެވެ.

·         ފައިސާ ބަލައިގަންނަ ތަން: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް( ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ 07 ވަނަ ފަންގިފިލާ)

·         މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށްބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 16 ޖަނަވަރީ 2019  ވާ ބުދަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ އައްޑޫ ސިޓީ ސެންޓްރަލް ޕަވަރ ސްޓޭޝަންގައެވެ.

·         ބިޑާއި ގުޅޭގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތުތައް ސާފުކުރުން އޮންނާނީ  16 ޖަނަވަރީ 2019ގެ ޕްރީބިޑް މީޓިންއަށްފަހު 31 ޖަނަވަރީ 2019 ގެ ނިޔަލަށެވެ. ބިޑާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ޓެންޑަރ އެންޑް ފޮރިން ޕާރޗޭސްގެ އީމެއިލް [email protected]  އަށް  ކުރެވުން އެދެމެވެ.

·         މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000.00 ޔޫ.އެސް.ޑޮލަރު (ފަންސަވީސް ހާސް ޔޫ.އެސް.ޑިލަރު) ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ % 10 ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް) ނުވަތަ ބޭންކް ޑްރާފްޓް އެކެވެ.

·         މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.

·         މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތަށްއެކަނިއެވެ.

·         ބިޑް ހުށަހެޅުވުމަށް ހަމަޖެހިފައި ވަނީ 06 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މިކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.

                  23 ރަބީއުލް އާޙިރު 1440

                  30 ޑިސެމްބަރ 2018

30 ޑިސެންބަރު 2018
ހޯދާ