ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

 

މަޤާމް:                    އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:             J-211831

ބޭނުންވާ އަދަދު:              01

މަޤާމުގެ ގިންތި:              ދާއިމީ

މަގާމުގެ ރޭންކް:              ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:        އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން: ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް، މާލެ، ދިވެހިރާއްޖެ

މުސާރަ:                  4465.00ރުފިޔާ

ސަރވިސް އެލެވަންސް:          1500.00ރުފިޔާ

އެހެނިހެން އެލަވަންސް:          1. ސަޕޯޓް ކޯ އެލަވަންސް 2: 700.00ރުފިޔާ

އިތުރު ޢިނާޔަތްތައް:            2.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                       3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                       4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި

 ވާޖިބުތައް:                1. ރިސެޕްޝަން ބެލެހެއްޓުން

                       2. ޖެނެރަލް އެޑްމިނިސްޓްރޭޝަންގެ ސިޓީ އާއި ޢިއުލާން ފަދަ ތަކެތި ޒިންމާދާރު ގޮތެއްގައި ލިޔުމާއި، ޔައުމިއްޔާ އަށް ބޭނުންވާ މަޢުލޫމާތުތައް ހޯދައި ޒިންމާދާރު ގޮތުގައި ދުވަހުން ދުވަހަށް ލިޔެ ނިންމުން.

                       3. އޮފީހަށް ލިބޭ ތަކެތި އެންޓްރީކޮށް އެތަކެތި ޑިސްޕެޗްކުރުން.

                       4. ފިލްމާއި އިޝްތިހާރު ޝޫޓް ކުރުމާއި މިއުޒިކް ޝޯ ބޭއްވުމުގެ ހުއްދަ ދިނުމާއި މިއުޒިކް ބޭންޑް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ހެދިފައިވާ ޤަވާޢިދުތަކާއި އުޞޫލުގެ މަތިން ޒިންމާދާރު ގޮތުގައި ކުރުން.

                       5. އޮފީސް ހުޅުވާ އަދި ލައްޕާ މުވައްޒަފުންގެ ކާޑު ހެއްދުމުގެ މަސައްކަތާއި މަހުންމަހަށް އޮފީސް ހުޅުވާ ޓޭބަލް ތައްޔާރުކޮށް އަދި ހިނގާ މަސް ނިމުމުގެ ކުރިން ޖެހިގެން އަންނަ މަހުގެ ޓޭބަލް މުވައްޒަފުންނާއި ޙަވާލުކުރުން.  އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ކުރުން.

                       6. އޮފީހުގެ ސްޓޮކް ބެލެހެއްޓުން.

                       7. އޮފީހުގެ އިންވެންޓްރީ ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ބެލެހެއްޓުން.

                       8. މަސައްކަތު މީހުން ސުޕަރވައިޒްކުރުން

                       9. އެން.ސީ.އޭ އިން ހިންގާ މުހިއްމު ހަރަކާތްތަކުގައި އެހީތެރިވުމަށް އެދިއްޖެނަމަ އެހީތެރިވެދިނުން.

 

 މަޤާމުގެ ޝަރުޠުތައް:          1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:        1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ nca.gov.mv/downloads ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

                      2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

                      3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ  މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

                      4. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

                      5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

                            (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭމެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

                            (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

                     6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

                     7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

                     8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

                           (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

                           (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް    

ވަޒީފާއަށް އެންމެ ޤާބިލު          

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

                     ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށްބަލައިގެން .

                     ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

                     ނ. ޤާބިލުކަން ކަށަވަރުކުރުމަށްކުރާ އިންޓަރވިއުއިން.

                     ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް    ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުތު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

                     ބ. މިމަޤާމަށް މީހަކު ހޮވުމުގައި މި ދާއިރާއިން މަސައްކަތް ކޮށްފައިވާ މުއްދަތާއި، ތަޖުރިބާއާއި ތަޢުލީމަށް އިސްކަންދެވޭނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08  ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ ގެ 13:00 ގެ ކުރިން، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 ޖަނަވަރީ 2019 އާއި 24 ޖަނަވަރީ 2019 އާ ދެމެދު، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް ގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:           މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

                     މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3310729 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

30 ޑިސެންބަރު 2018
ހޯދާ