ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގދ.ތިނަދޫ އާރް.އޯ ޕްލާންޓް އޮފަރޭޓް ކުރުމަށް ބޯހޯލް ސިސްޓަމެއް ޤާއިމުކުރުމާ ގުޅޭ

ނަންބަރ:FNK-I/IUL/2018/129

 

އިޢުލާން

 

 

ގދ.ތިނަދޫ އާރް.އޯ ޕްލާންޓް އޮފަރޭޓް ކުރުމަށް ބޯހޯލް ސިސްޓަމެއް ޤާއިމުކުރުމާ ގުޅޭ

 

      މި ކުންފުނިން ދޭ ކޮންސެޕްޗުއަލް ކުރެހުމާއި ޓެކްނިކަލް ސްޕެސިފިކޭޝަނާ އެއްގޮތަށް ގދ.ތިނަދޫ އާރް.އޯ ޕްލާންޓް އޮޕަރޭޓް ކުރުމަށް ބޯހޯލް ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ FNK-I/IUL/2018/124  އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް، ދެވަނަ ފަހަރަށް މި ފުރުޞަތު ހުޅުވާލަމެއެވެ.  

                ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

 

              20 ރަބީއުލް ޢާހިރު 1440

              27 ޑިސެމްބަރ 2018

 

            

                          

 

27 ޑިސެންބަރު 2018
ހޯދާ