ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުގެ 03 ބުރިއިމާރާތުގެ 02 ކުލާސްރޫމްގެ ތަޅުމުގައި މުށި ބަދަލުކުރުމާއި ބޯޑާ ބަދަލުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މިމަރުކަޒުގެ ނަމްބަރ GS17/IUL/2018/044 އިއުލާނާއިގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިއުލާން ބާތިލްކޮށް މިމަރުކަޒުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

     1.1 މިމަރުކަޒުގެ 03 ބުރި އިމާރާތު 02 ކުލާސްރޫމްގެ (21.9 ފޫޓް 28 ފޫޓްގެ ބޮޑުމިނުގެ) ތަޅުމުގެ މުށިނަގައި އަމިއްލަތަކެތީގައި މުށި ބަދަލުކުރުމާއި އެކުލާސްތަކުގެ ވަށައިގެން '7 ފުޅާމިނުގެ ބޯޑާ ނަގާ ތަޅުމުގެ ބޯޑާ ބަދަލުކުރުން.

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޑިސެމްބަރ 30 އިން 2019 ޖަނަވަރީ 03 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

3.މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖަނަވަރީ 03 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޖަނަވަރީ 05 ވާ ހޮނިހިރު ދުވަހުގެ 10:30 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.

5. ބިޑް ހުޅުވުން އޮންނާނީ 2019 ޖަނަވަރީ 07 ވާ ހޯމަ ދުވަހުގެ 10:30 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.

6. މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް 2018 ޑިސެމްބަރ 30 އިން 2019 ޖަނަވަރީ 03 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00  އަށް މިމަރުކަޒުގެ އިދާރީ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.

7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.

ފޯން: 6800013

އީ-މެއިލް: [email protected]

ކޮޕީ އީމެއިލް: [email protected]

27 ޑިސެންބަރު 2018
ހޯދާ