މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދަވާ އަސްކަރީ ތަމްރީނާއި ގުޅޭ

                        ދަންނަވާލުމެއް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދަވާ އަސްކަރީ ތަމްރީނެއްގައި 2018 ޑިސެންބަރު 29 ވަނަ ދުވަހުގެ 08:00 އިން 15:00 އަށް ހުޅުލޭގެ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައި ޚާއްސަ ތަމްރީނުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުލޭގެ އިރުން (07 މޭލު ބޭރުގައި) 1000 މީޓަރު ދުރުމިނަށާއި 100 މީޓަރުގެ އުސްމިނާ ދެމެދުގައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

20 ރަބީޢުލްއާޚިރު 1440

27 ޑިސެންބަރު 2018

27 ޑިސެންބަރު 2018
ހޯދާ