މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދަވާ އަސްކަރީ ތަމްރީނާއި ގުޅޭ

                        ދަންނަވާލުމެއް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދަވާ އަސްކަރީ ތަމްރީނެއްގައި 2018 ޑިސެންބަރު 29، 30 އަދި 31 ވަނަ ދުވަހުގެ 16:00 އިން 23:00 އަށް ކ. ގިރިފުށީގައި ނައިޓް ފަޔަރިންގ ތަމްރީނުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށިން ހުޅަނގު ދެކުނަށް 3000 މީޓަރު ދުރުމިނަށާއި 300 މީޓަރުގެ އުސްމިނާ ދެމެދުގައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

18 ރަބީޢުލްއާޚިރު 1440

25 ޑިސެންބަރު 2018

25 ޑިސެންބަރު 2018
ހޯދާ